ads
ލަންކާގެ ގާނޫނު ހަދާ މަޖިލިސް
ލަންކާގެ އާ ރައީސް ހޮވުމަށް ވޯޓު ނަގަން ފަށައިފި
ސްރީ ލަންކާގެ ރައީސް ކަމަށް ބޭފުޅަކު އިންތިހާބު ކުރުމަށް ވޯޓު ނެގުން އެގައުމުގެ މަޖިލީހުން ފަށައިފި އެވެ.

އެގައުމުގެ މަޖިލީހުގެ 225 މެމްބަރަކު ވޯޓު ދިނުމަށް ހަމަޖެހިފައި ވާއިރު، އެ ގައުމުގެ މަޖިލީހުގެ އިދާރާ ކައިރި އެގައުމުގެ ފުލުހުންނާއި ސިފައިން ވަނީ ވަރުގަދަ ސެކިއުރިޓއާއި އެކު ބަންދު ކޮށްފަ އެވެ. 

ތިން ބޭފުޅަކު އެގައުމުގެ ރައީސް ކަމަށް ވާދަ ކުރައްވާ އިރު، އެގައުމުގެ ރައީސް ކަމަށް އިންތިހާބު ވާނެކަމަށް ގިނަ ބަޔަކު ބުނަމުން އަންނަނީ، މިހާރު އެގައުމުގެ ރައީސް ކަމުގެ މަގާމާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި،  ރަނިލް ވިކްރަމަސިންހަ އެވެ. ރަނިލް އަށް ލަންކާގެ ރައީސް ކަމުގެ މަގާމު ވަގުތީ ގޮތުން ހަވާލުކުރެއްވީ، އެގައުމުގެ ރައީސް ކަމުން ގޮޓަބަޔަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމުންނެވެ. 

އެގައުމުގެ ރައީސް ކަމަށް ދެން ވާދަ ކުރައްވަނީ،  އެސްއެލްޕީޕީގެ މެންބަރެއް ކަމަށްވާ ޑުލަސް އަލަހަޕޭރުމާ އެވެ. ޑުލަސް އަކީ މިވަގުތު އެގައުމުގެ އިދިކޮޅު ފަރާތްތަކުންވެސް ރައީސް ކަމަށް ގެނައުމަށް ތާއީދު ކުރައްވާ ބޭފުޅާ އެވެ. ދެން މި އިންތިހާބުގައި ވާދަ ކުރައްވަނީ، ލަންކާގެ އިދިކޮޅު ޕާޓީ އެންޕީޕީގެ ލީޑަރު އަނޫރާ ކުމާރު ޑިސަނަޔަކަގެ އެވެ. 

ލަންކާގެ ރައީސް ކަމުން ގޯޓަބަޔަ އިސްތިއުފާ ދެއްވާފައި ވާއިރު، ރާޖަޕަކްސަގެ އާއިލާއިން އެގައުމުގެ ރައީސް ކަމަށް ގެނައުމަށް ތާއީދު ކުރައްވަނީ، ރަނިލް އަށް ކަމަށްވަނީ ބުނެފަ އެވެ. 

ލަންކާގެ ރައީސް އަކު ހޮވުމަށް ނަގާ ވޯޓު ކުރިއަށް ދާއިރު، އަދިވެސް އެގައުމުގެ ރައްޔިތުން ދަނީ އެގައުމުގެ ސަރުކާރާއި ދެކޮޅަށް އަޑު އުފުލާ މުޒާހަރާ ކުރަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް