ads
ލަންކާގެ ރައީސް ކަމަށް އިންތިހާބުވި ރަނިލް ވިކްރަމްސިންހަ
ލަންކާގެ ރައީސް ކަމަށް ރަނިލް ވިކްރަމްސިންހަ އިންތިހާބު ކޮށްފި
ސްރީ ލަންކާގެ ރައީސް ކަމުގެ މަގާމަށް، އެގައުމުގެ ރައީސް ކަމުގެ މަގާމާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި، ރަނިލް ވިކްރަމްސިންހަ އިންތިހާބު ކޮށްފި އެވެ.

ރަނިލް އެގައުމުގެ ރައީސް ކަމުގެ މަގާމަށް އިންތިހާބު ކުރައްވާފައި ވަނީ، ލަންކާގެ މަޖިލީހުގެ 134 މެމްބަރުންގެ ވޯޓުންނެވެ. ޖުމްލަ 223 މެމްބަރުން ވޯޓު ދެއްވި އިރު، އޭގެ ތެރެއިން އެއްވެސް ކޮޅަކަށް ވޯޓު ނުދެއްވާ ދެ މެމްބަރުން ތިއްބެވި އެވެ. 219 ވޯޓެއް ސައްހަ ވޯޓުގެ ގޮތުގައި ކަނޑައަޅާފައި ވާއިރު، ހަތަރު ވޯޓެއް ސައްހަ ނޫން ކަމަށް ވަނީ ކަނޑައަޅާފަ އެވެ. 

ރައީސް ކަމަށް ދެން ވާދަކުރެއްވި ދުލާސް އައްލަހަޕެރޫމާއަށް 82 ވޯޓު ލިބުނުއިރު، އަނޫރާ ކުމާރާ ޑިސަނަޔަކައަށް ލިބުނީ ތިން ވޯޓެވެ.

މި އިންތިހާބު ކާމިޔާބު ކުރެއްވުމާއި އެކު ރަނިލް ވިކްރަމްސިންހަ އަކީ ލަންކާގެ އަށް ވަނަ ރައީސް ކަމަށް އެގައުމުގެ މަޖިލީހުން ވަނީ އިއުލާން ކުރައްވާފަ އެވެ. 

ރަނިލް އަށް އެގައުމުގެ ރައީސް ކަން ވަގުތީ ގޮތުން ހަވާލު ކުރެއްވީ، އެގައުމުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ގޮޓަބަޔާ ރާޖަޕަކްސަ މިމަހުގެ 16 ވަނަ ދުވަހު އެމަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭގެ ކުރިން އެގައުމުގެ ބޮޑުވަޒީރުގެ މަގާމުން، މަހިންދްރަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމުން، އެގައުމުގެ ބޮޑުވަޒީރު ކަމަށް ރަނިލް އައްޔަން ކުރެއްވީ ގޮޓަބަޔާ އެވެ. 

ރަނިލް އެންމެ ފަހުން އެގައުމުގައި ބޭއްވި ރިޔާސީ އިންތިހާބުން ނާކާމިޔާބީ އާއި ކުރިމަތިލައްވަން ޖެހުމާއި، 2020 ވަނަ އަހަރު އެގައުމުގެ މަޖިލީހަށް އިންތިހާބު ނުވުމުން އެގައުމުގެ ގިނަ ރައްޔިތުންގެ ތާއީދު ރަނިލް އަށް ނެތް ކަމަށް ވަނީ މީގެ ކުރިން ރިޕޯޓް ކޮށްފަ އެވެ. 

50%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް