ads
މައުމޫންއާއި ނަސްރީނާގެ ކުރީގެ ފޮޓޯއެއް / ފޮޓޯ: ސޯޝަލް މީޑިޔާ
ރައީސް މައުމޫނުގެ ދެކަނަބަލުންގެ ކައިވެނިފުޅަށް 53 އަހަރު
ރާއްޖޭގެ ވެރިކަން 30 އަހަރު ދުވަސްވަންދެން ކުރެއްވި، ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ކައިވެނިފުޅަށް މިއަދު 53 އަހަރު ފުރިއްޖެ އެވެ.

ރައީސް މައުމޫން އާއި ނަސްރީނާ ކައިވެނިފުޅު ބައްލަވައިގަތީ، 1969 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ. އެ ދެބޭފުޅުން އެންމެ ފުރަތަމަ ބައްދަލުވެވަޑައިގަތީ، 1965 ވަނަ އަހަރު މިސްރުގެ ވެރިރަށް ގާހިރާ އިންނެވެ. 

ރައީސް މައުމޫން އާއި ނަސްރީނާ ކައިވެނި ބައްލަވައިގެންނެވީ، ނަސްރީނާގެ އުމުރުފުޅުން އެންމެ 19 އަހަރުފުޅުގަ އެވެ. އޭރު ރައިސް މައުމޫންގެ އުމުރުފުޅުން ވަނީ، 31 އަހަރުވެފަ އެވެ. 

ވިހި މާޗް 1970 ވަނަ އަހަރު، އުމުރުފުޅުން އެންމެ 20 އަހަރުގައި އެދެ ބޭފުޅުންނަށް އެއްމާބަނޑު ދެ ބޭފުޅުން ލިބިވަޑައިގެންނެވި އެވެ. އެއީ ދުންޔާ މައުމޫން އާއި ޔުމްނާ މައުމޫން އެވެ. ދެ ވަނަ ފަހަރަށް ނަސްރީނާ އާލާސްވެ އިންނެވުމުން ނަސްރީނާ މާލެ ފޮނުއްވާލެއްވުމަށް މައުމޫނު ގަސްތު ކުރެއްވި ކަމަށް ވެ އެވެ. މި ދެކަނބަލުންގެ ފުރަތަމަ ފިރިހެން ދަރިކަލުން ފާރިޝް އުފަންވެވަޑައިގެންނެވީ 31 މާޗް 1971 ގައި މާލޭގައެވެ.  

އޭގެ ނުވަ އަހަރު ފަހުން މައުމޫނު ރާއްޖޭގެ ވެރިކަމާ ހަވާލުވުމަށް ފަހު ޣައްސާން އަބްދުލް ގައްޔޫމް ލިބިވަޑައިގަތެވެ. ޣައްސާން ލިބިވަޑައިގެންނެވީ 12 ޖޫން 1980 ގައެވެ.

ރައީސް މައުމޫން އާއި ނަސްރީނާގެ ކައިވެންޏަށް 53 އަހަރު ވެފައި ވާއިރު، މީގެ ކުރިން ރައީސް މައުމޫން ވަނީ ދެބޭފުޅުންގެ ކައިވެނި މިހާ ގިނަ ދުވަހު ދެމިއޮތުމުގެ ސިއްރަކީ އެއްބޭފުޅަކު އަނެއް ބޭފުޅަކު ދެކެ ލޯބި ވުމާއި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ކުރައްވާ ގަދަރުވެރި އިހުތިރާމް ކަމަށެވެ. 

85%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
12%
ވަރަށް ސަލާމް
ކޮމެންޓްސް