ads
ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ އިސްތިއުފާ އިއުލާންކުރެއްވުމުން މުޒާހަރާގެ ބައިވެރިން އުފާފާޅުކުރަނީ---ފޮޓޯ: ޗަމީލާ ކަރޫނާރަތުނޭ/އީޕީއޭ
ރަނިލްގެ އިސްތިއުފާއަށްވެސް ގޮވައިފި، މުޒާހަރާއަށް ތައްޔާރުވަނީ
ސްރީލަންކާގެ އާ ރައީސްގެ އިސްތިއުފާއަށް ގޮވައި އަނެއްކާވެސް މުޒާހަރާތަކެއް ކުރަން ތައްޔާރުވާން ފަށައިފި އެވެ.

ލަންކާގެ އައު ރައީސަކަށް އެގައުމުގެ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންހަ އިންތިހާބު ކޮށްފައިވަނީވެސް މިއަދުގަ އެވެ. 

މީގެ ކުރިން ލަންކާގެ ރައީސްގެ މަގާމުގައި ހުންނެވި ގޮޓަބަޔާ ރާޖަޕަކްސަ މަގާމުން އިސްތިއުފާދީފައިވަނީވެސް އެގައުމުގެ ރައްޔިތުން ރުޅިގަދަވެ ހޫނު މުޒާހަރާތަކެއް ކުރުމުން ގައުމު ދޫކޮށް ފިލައިގެން ރާއްޖެ އަށް އައިސް ރާއްޖެއިން ފުރައިގެން ސިންގަޕޫރަށް ގޮސް އެގައުމުގައި ހުރެގެން އީމެއިލް މެދުވެރިކޮށެވެ. 

ރަނިލްގެ އިސްތިއުފާއަށް ގޮވައި އަދިވެސް މުޒާހަރާކުރާނެ ކަމަށް އެގައުމުގެ މުޒާހަރާގެ ބައިވެރިންނާއި ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާއިރު މިފަހަރު ރަނިލް އިސްތިއުފާ ދެއްވާތޯ ކުރާނީ ސުލްހަވެރި މުޒާހަރާއެއް ކަމަށްވެސް ވަނީ ބުނެފަ އެވެ. 

ގާނޫނު ހަދާ މަޖިލީހުގެ ތާއީދާއެކު ރަނިލް ރައީސް ކަމަށް އިންތިހާބުވެފައިވަނީ ވޯޓުގައި ބައިވެރިވި 225 މީހުންގެ ތެރެއިން 134 ވޯޓު ހޯދައިގެންނެވެ. 

ރައީސް ކަމަށް ދެން ވާދަކުރެއްވި ދުލާސް އައްލަހަޕެރޫމާއަށް 82 ވޯޓު ލިބުނުއިރު، އަނޫރާ ކުމާރާ ޑިސަނަޔަކައަށް ލިބުނީ ތިން ވޯޓެވެ.

މި އިންތިހާބު ކާމިޔާބު ކުރެއްވުމާއި އެކު ރަނިލް ވިކްރަމްސިންހަ އަކީ ލަންކާގެ އަށް ވަނަ ރައީސް ކަމަށް އެގައުމުގެ މަޖިލީހުން ވަނީ އިއުލާން ކުރައްވާފަ އެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް