ads
ބެކަމް އަދި މެސީ
ބެކަމްގެ ޓީމަށް މެސީ ގެންދަން ބޭނުންވޭ
އިނގިރޭސި ކުރީގެ މަޝްހޫރު ތަރި، އަދި އެމެރިކާގެ އިންޓަރ މިއާމީގެ ރައީސް ޑޭވިޑް ބެކަމްގެ ޓީމަށް، އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ގެންދަން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިނގިރޭސިވިލާރުގެ ދަ މިރާއިން، އިންޓަރ މިއާމީގެ ޗީފްއާ ހަވާލާދީ ރިޕޯޓުކޮށްފައިވަނީ، ޕީއެސްޖީއަށް މިހާރު ކުޅެމުން އަންނަ މެސީ، އެ ކްލަބަށް ގެންދަން ބޭނުންވެއެވެ. އިންޓަރމިއާމީއަކީ އެމެރިކާ ލީގުގައި އަދި އެހާ ވަރުގަދަ ޓީމެއް ނޫނެވެ. މީގެ ހަތަރު އަހަރު ކުރިން، ޑޭވިޑް ބެކަމް ހެދި މި ކްލަބުގެ ކޯޗަކީ، ބެކަމްއާއެކު ކުރިން ޔުނައިޓެޑަށް ކުޅުނު ފިލް ނެވިލްއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާ ލީގުގެ ފޯރި އިތުރުކުރުމަށާއި އަދި އިންޓަރ މިއާމީ ޓީމު އިތުރަށް ވަރުގަދަ ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން، މެސީ އެ ކްލަބަށް ގެންދިޔުމަކީ ބެކަމްގެ ވިސްނުމެކެވެ. މިކަމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި މިހާތަނަށް ރަސްމީ ސިފައެއްގައި އެއްވެސް އެއްބަސްވުމެއް މެސީއާއެކު ނެތަސް، މެސީ އެ ކްލަބަށް ގެނައުމަކީ މުހިއްމު ޕްރޮޖެކްޓެއް ކަމަށް އެ ކްލަބުން ދެކެއެވެ.

އާޖެންޓީނާގެ ތަރި، އަދި ހަތް ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާ މެސީ މިހާރު ކުޅެމުން އަންނަނީ ފްރާންސްގެ ޕީއެސްޖީއަށެވެ. ޕީއެސްޖީއަށް މެސީ ބަދަލުވީ ބާސެލޯނާއިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް