ads
ސ. ހުޅުދޫ ބަނދަރު
މަސައްކަތް ނިމެނިކޮށް ހުޅުދޫ ބަނދަރު ތަރައްގީ ކުރުން ހުއްޓާލަން އަންގައިފި
އައްޑު އަތޮޅު ހުޅުދޫ އަދި ހުޅުމީދޫގެ ބަނދަރު މަސައްކަތުގެ ބޮޑުބައެއް ނިމިފައި ވަނިކޮށް އެ މަސައްކަތް ހުއްޓާލުމަށް އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީން އަންގައިފި އެވެ.
Advertisement

އެމްޓީސީސީން ތަރައްގީ ކުރަމުން ގެންދާ މި ބަނދަރުގެ މަސައްކަތް ހުއްޓިފައި އީޕީއޭ އިން އަންގާފައިވާ އިރު، އެމްޓީސީސީން މީގެ ދުވަސްކޮޅެއް ކުރިން ވަނީ އެ މަސައްކަތުގައި 88 އިންސައްތަ ނިމިފައިވާ ކަމަށް ބުނެފަ އެވެ. 

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ 2020 ވަނަ އަހަރު 66 މިލިއަން ރުފިޔާ އަށް ހަވާލު ކުރި މި މަސައްކަތް ހުއްޓާލުމަށް އީޕީއޭ އިން އަންގާ ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އައްޑޫ ހުޅުދު އަދި ހުޅުމީދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުގެ ކުރިން އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ބަލައި އަދި ގެއްލުންތައް ކުޑަކުރެވޭނެ ގޮތަށް ލަފާދީ ހަދާ އެސެސްމަންޓް (އީއައިއޭ) ގައި ބަޔާންކޮށްފައިވާ ކަންކަމާއި ހިލާފު ވެފައިވާ ކަމަށެވެ.

އެހެންކަމުން އައްޑޫ ހުޅުދު އަދި ހުޅުމީދޫގެ ބިން ހިއްކުމާއި ފަޅު ކޮނުމުގެ އެންމެހާ މަސައްކަތް ހުއްޓާލަން މަސައްކަތް ކުރަމުން އަންނަ ފަރާތައް އަންގާ ކަމަށެވެ. 

އީޕީއޭއިން މި މަސައްކަތް ހުއްޓާލުމަށް އެންގުމާއި ގުޅިގެން، އެމަސައްކަތް ކުރަމުން ގެންދާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެކުންފުނިން އެއްވެސް މަސައްކަތެއް އޮންނަ އުސޫލުން ބޭރުން ކުރިއަށް ނުގެންދާ ކަމަށެވެ. 

އަދި މަސައްކަތުގެ ބޮޑުބައެއް ނިމިފައި ވަނިކޮށް މަސައްކަތް ހުއްޓާލުމަށް އެންގުމަކީ، ރަނގަޅު ގޮތެއް ނޫން ކަމަށާއި، އެކަމުގެ ސަބަބުން ބޮޑު ގެއްލުމެއް ލިބިގެން ދާނެ ކަމަށެވެ. 

މަސައްކަތް ހުއްޓާލުމަށް އެންގުމުގެ ބަދަލުގައި، ގޯސްކޮށް ކުރެވުނީ ކޮން ކަމެއްތޯ އަންގާ އެކަން އިސްލާހުކުރުމަށް ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށްވެސް އާޒިމް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް