ads
ކެފޭ އެއްގެ ބޭރުގައި ހަރުކޮށްފައިވާ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަން އަންގައިދޭ ބޯޑު..
ސިނގިރޭޓު ވިއްކާނަމަ އިންޒާރުގެ ބޯޑު ފެންނަން ހުންނަން ޖެހޭނެ!
ސިނގިރޭޓު ވިއްކުމުގެ ވިޔަފާރި ކުރާނަމަ އެއިން ލިބޭ ގެއްލުން އަންގައިދޭ އިންޒާރުގެ ބޯޑު އާންމުންނަށް ފެންނާނެހެން ހަރުކޮށްފައި ބެހެއްޓުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކުރައްވައިފި އެވެ.
Advertisement

"ސީއެންއެމް" އަށް މައުލޫމާތުދެއްވަމުން ހެލްތް ޕޮރޮޓެކްޝަންގެ ދަށުން ހިންގާ އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ގަވައިދަށް އާންމުން އަހުލުވެރި ކުރަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. 

އޮފިޝަލް ވިދާޅުވީ އެ މުއައްސަސާގެ ފަރާތުން މިވަގުތު ކެފޭ ރެސްޓޯރެންޓު އަދި ފިހާރަތަކުގައިވެސް މިފަދަ ވިޔަފާރިތައް ކުރާނަމަ އިންޒާރުގެ ބޯޑު ފެންނާނެހެން ހަރުކޮށްފައި ހުރިތޯ ބަލަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ބޯޑު ނެތްނަމަ ބޯޑު ބެހެއްޓުމަށް އެތަންތަން ހިންގާ ފަރާތްތަކަށް ހަނދާންކޮށްދޭ ކަމަށޭވެ. 

"ކޮވިޑުގެ ކުރިންވެސް އަޅުގަނޑުމެން މިގޮތައް ބޯޑު ހަރުކޮށްފައި ހުރިތޯ ބަލަމުން ދިޔައިން. މިހާރު އަލުން މި ފެށީ. އިންޒާރެއް ނުދެން އަދި އެހެން ނަމަވެސް އެފަރާތްތަކަށް އެބަ ހަނދާންކޮށްދެން ސިނގިރޭޓު ވިއްކާނަމަ އެ ސިނގިރޭޓުގެ ބޭރު ފުށުގަވެސް އިންނާނެ އިންޒާރު، އިންޒާރުގެ ބޯޑު ޖެހޭނެ ފެންނަން ހުންނަން ވެސް." އެޗްޕީއޭގެ އޮފިޝަލް ވިދާޅުވި އެވެ.

ދުންފަތް ކޮންޓްރޯލް ކުމުގެ ގާނުގެ ދަށުން ކެފޭ ރެސްޓޯރެންޓު ފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ފުރުސަތު އޮންނަނީ އެކަމަށް ހާއްސަ ހުއްދައެއް ނަގައިގެން ވަކިން ހިމެނޭ ސަރަހައްދެއްގަ އެވެ.

your imageދުންފަތުގެ އިސްތިއުމާލް ކުރުމުން ލިބޭ ގެއްލުން ދައްކުވައިދޭ އިންޒާރުގެ މަންޒަރުތަކެއް--

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގޮތުތުން 2013 ވަނަ އަހަރުހެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަމުން އައި މި ގާނޫނުގައި ބުނެފައިވަނީ ރާއްޖެއިން ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކައި ދުންފަތާއި ބެހޭ ތަކެތީގެ ތެރެއިން ވަކި ސިނގިރޭޓް ވިއްކުމަކީ މަނާ ކަމެއް ކަމަށެވެ. 

your imageސިނގިރޭޓް ފިލްޓަރުތަކެއް..

އަދި މި ނޫން ގޮތަކަށް އަމަލުކުރާނަމަ އެ ވިޔަފާރި ކުރާ ފަރާތެއް ފުރަތަމަ ފަހަރަށް 500 ރުފިޔާއިން ޖޫރިމަނާ ކުރެވިދާނެ ކަމަށެވެ. 

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްހަތައްވެސް އެކަމުން ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމަކަށް ވާއިރު މި ކަމުގެ ސަބަބުން ފައިދާއެއް ނުވެ ލިބޭ އާންމުދަނީ ބޭކާރުގޮތުގައި ހޭދަވާ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް