ads
ލަންކާ ސިފައިން ނޫސްވެރިންނަށް އިންޒާރު ދެނީ
ދަންވަރު ނިކުމެ ލަންކާ ސިފައިން ނޫސްވެރިން ހައްޔަރު ކޮށްފި
ސްރީ ލަންކާގެ ކޮލަމްބޯގެ ގޯލް ފޭސްގައި ކުރަމުން ދިޔަ މުޒާހަރާތައް ބާރުގެ ބޭނުންކޮށްގެން އެގައުމުގެ ފުލުހުންނާއި ސިފައިން ރޫޅާލި މަންޒަރު ގެނެސްދެމުން ގެންދިޔަ ގިނަ ނޫސްވެރިންތަކެއް ސިފައިންގެ ހައްޔަރަށް ގެންގޮސްފި އެވެ.
Advertisement

ލަންކާގައި ހިނގަމުން އަންނަ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް އެގައުމުގެ ސަލާމަތީ ބާރުތަކުގެ މައްޗަށް އެގައުމުގެ ރައީސް ރަނިލް ވިކްރަމްސިންހަ އިއްޔެ އަމުރު ކުރެއްވުމާއި އެކު، ފުލުހުންނާއި ސިފައިން ވަނީ، ރޭ ދަންވަރު، ސްރީ ލަންކާގެ ކޮލަމްބޯގެ ގޯލް ފޭސްގައި މުޒާހަރާ ކުރަމުންދިޔަ ފަރާތްތައް އެ ސަރަހައްދުން ފޮނުވާލުމަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގާފަ އެވެ. 

އެގޮތުން އެ ސަރަހައްދުގައި މުޒާހަރާ ކުރަމުންދިޔަ ފަރާތްތައް ތިބި ޓެންޓުތައް ހަލާކުކޮށް، މުޒާހަރާގެ ބައިވެރިންނަށް، މުގުރުން އަނިޔާ ކުރަމުން ދިޔަ މަންޒަރު ވަނީ ފެނިގެން ގޮސްފަ އެވެ. 

ސިފައިންނާއި ފުލުހުން ހިންގަމުން ދިޔަ ހަރަކާތް އާއްމުންނަށް ގެނެސްދެމުން ދިޔަ ބައެއް ނޫސްވެރިންނަށް ސަލާމަތީ ބާރުތަކުން އިންޒާރު ދެމުން ދިޔަ މަންޒަރުވެސް ވަނީ ފެނިގެން ގޮސްފަ އެވެ. އެގޮތުން އެ މުޒާހަރާތައް ގެނެސްދެމުން ދިޔަ، ބީބީސީގެ ނޫސްވެރިޔަކަށް ސަލާމަތީ ބާރުތަކުން އިންޒާރު ދީ، އޭނާ ހައްޔަރު ކުރުމަށްފަހު، އެ މުޒާހަރާގެ ވީޑިއޯ އާއި ފޮޓޯ ތައް ވަނީ ޑިލީޓް ކުރުވާފަ އެވެ. މީގެ އިތުރުން ބީބީސީގެ އެ ނޫސްވެރިޔާއަށް ސިފައިން އަނިޔާ ކޮށްފައި ވާކަމަށްވެސް ބީބީސީއިން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން މުޒާހަރާ ކަވަރު ކުރަމުން ދިޔަ އެގައުމުގެ ނުވަ ނޫސްވެރިޔަކު ސިފައިން ހައްޔަރު ކޮށްފައި ވާކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކަށް އެކިވަރުގެ އަނިޔާ ލިބިފައި ވާއިރު، އެ މީހުންނަށް ފަރުވާ ދިނުމަށް ހުރަސްތައް ސިފައިން އަޅަމުން ދިޔަ ކަމަށްވެސް ވަނީ ބުނެފަ އެވެ. 

ސްރީ ލަންކާގެ ކޮލަމްބޯގެ ގޯލް ފޭސްގައި މުޒާހަރާ ކުރަމުންދިޔަ ފަރާތްތައް އެ ސަރަހައްދުން ފޮނުވާލާފައި ވާއިރު، އެ ސަރަހައްދު މިހާރު ވަނީ އެގައުމުގެ ސިފައިންގެ ބެލުމުގެ ދަށުގަ އެވެ. އެ ސަރަހައްދުން ފޮނުވާލި، މުޒާހަރާގެ ބައިވެރިން މިހާރު ދަނީ އެގައުމުގެ އެހެން ސަރަހައްދު ތަކުގައި މުޒާހަރާތައް ކުރަމުންނެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް