ads
ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް..
މުޅު ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފި
މުޅު ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިއުލާން ކޮށްފި އެވެ.

ޑަބްލިއުއެޗްއޯ އިން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު މަކުނު ވިދުރު ފެތުރެން ފެށުމުންނެވެ. 

މިއަދު ޑަބްލިއުއެޗްއޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯސް އަދަނޮމް ގެބްރެޔެސޫސް ވިދާޅުވީ، މިހާތަނަށް ދުނިޔޭގެ 75 ގައުމަކުން މިބަލި ފެނިފައި ވާކާމަށާއި، ކުރިއަށް ހުރި ދުވަސްތަކުގައި އިތުރު ގައުމު ތަކުން މިބަލި ފެނުން އެކަށީގެންވާ ކަމަށެވެ. 

ޑަބްލިއުއެޗްއޯއިން ނެރޭ އެންމެ މަތީ އިންޒާރު ނެރެފައި މިވަނީ، މަކުނު ވިދުރިއާއި ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށް ޑަބްލިއުއެޗްއޯގެ އިމަޖެންސީ ކޮމިޓީގެ ދެވަނަ ބައްދަލުވުމުންނެވެ.

މަކުނު ވިދުރީގެ 16،000 އަށްވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯސް އަދަނޮމް ގެބްރެޔެސޫސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް