ads
އީސީގެ ނައިބްރައީސް އިސްމާއީލް ހަބީބް..
ބޮޑު ހޭދައެއްކޮށް ވޯޓުލާން ބައިވެރި ނުވާތީ ކަންބޮޑުވަން: ހަބީބް
އައްޑޫ ސިޓީގައި މިއަދު ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ)ގެ ބައި-އިލެކްޝަނުގައި އެތައް ލައްކަ ރުފިޔާއެއް ހަރަދުކޮށްފައިވާ ކަމަށާއި، ނަމަވެސް ވޯޓުގައި ބައިވެރިވެފައިވަނީ ޖުމްލަ އަށް ޕަސެންޓް މީހުން ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އައްޑޫސ ސިޓީ ސ.ހިތަދޫ ދާއިރާގެ ބައި-އިލެކްޝަންގައި، ވޯޓުލުމުގެ ޙައްޤުލިބިފައިވާ 12099 މީހުންގެ ތެރެއިން ވޯޓުލުމުގައި ބައިވެރިވެ ވޯޓުލާފައި ވަނީ ޖުމްލަ 1009 މީހުންނެވެ. އެއީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން އެންމެ އަށް ޕަސެންޓެވެ. 

ކަންބޮޑުވުން ފާޅުކުރައްވައި އިލެކްޝަން ކޮމިޝަނުގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ވޯޓު ލުމަށް އަދި މިކަމަށް އިންތިޒާމުތައް ހަމަޖެއްސުމަށް އެތަކެއް ލައްކަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި މިފައިސާތައް އިސްރާފުވީ ކަމަށެވެ. 

ހަބީބް ވިދާޅުވީ މިފަދަ މައްސަލަތަކަށް ވިސްނައި މިކަންކަމަށް ހައްލު ގެންނަން ޖެހޭ ކަމަށެވެ. 

"ޑަބްލިޔޫ.ޑީ.ސީ،  ސ.ހިތަދޫ ދާއިރާގެ ބައި-އިލެކްޝަންގައި، ވޯޓުލުމުގެ ޙައްޤުލިބިފައިވާ 12099 މީހުންގެ ތެރެއިން، 1009 (%8.34) މީހުން ވޯޓުލާން، އެތައް ލައްކަރުފިޔާ ޚަރަދުކުރުމަށްވުރެ ބޮޑު އިސްރާފެއް ކޮބައިތޯ؟ މިކަމަށް އަވަސްޙައްލެއް ގެންނަން އެބަޖެހޭ" ހަބީބް ވިދާޅުވި އެވެ. 

ސ.ހިތަދޫ ދާއިރާގެ ބައި އިލެކްޝަންގައި މިއަދު ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އައިމިނަތު ޝާހިދާ އާއި، ޕީޕީއެމްގެ ކެންޑިޑޭޓް ފާތިމަތު ނަޒީހާ އަހުމަދެވެ.

މި އިންތިހާބު ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް 567 ވޯޓު ހޯއްދަވައިގެން ފާތިމަތު ނަޒީހާ އަހުމަދެވެ. އެމްޑީޕީގެ ކެންޑިޑޭޓް އައިމިނަތު ޝާހިދާ އަށް ލިބުނީ ޖުމްލަ 426 ވޯޓެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް