
ކޮންމެ އަހަރެއްގެ ޑިމޮކްރަސީ ދުވަސް ފާހަގަ ކުރަނީ، ސެމްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ ކުރެހުމުގެ މުބާރާތަކާއި، މަޒުމޫނު ލިއުމުގެ މުބާރާތެއް ބޭއްވުމަށް ނިންމީ، ރައްޔިތުންގެ މަޖިލީހާއި މެދު ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުމާއި، ޑިމޮކްރަސީއާއި މެދު ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުމުގެ ބޭނުމުގައި ކަމަށެވެ.
މަޖިލީހުގެ އިދާރާއިން ކޮށްފައިވާ އިއުލާނުގައި ބުނީ، މިއިން ކޮންމެ މުބާރާތަކުން އެއްވަނައަށް ދާ ފަރާތަކަށް 5000 ރުފިޔާ، ދެވަނަ އަށް ދާ ފަރާތަކަށް 4000 ރުފިޔާ އަދި ތިން ވަނައަށް ދާ ފަރާތަކަށް 3000 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާކަމަށެވެ.
އަދި ކޮންމެ އުމުރު ފުރާ އަކުން އެއް ވަނައަށް ދާ ފަރާތަކަށް 2000 ރުފިޔާ، ދެވަނަ އަށް ދާ ފަރާތަކަށް 1500 ރުފިޔާ އަދި ތިން ވަނައަށް ދާ ފަރާތަކަށް 1000 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާކަމަށްވެސް އިއުލާނުގައި ވަނީ ބުނެފަ އެވެ.
މި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައި ވާއިރު، ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު ސަރުކާރު ބަންދު ވުމުގެ ކުރިން ކުރެހުންތަކާއި މަޒުމޫނުތައް ހުށަހެޅުމަށް އެއިދާރާއިން ވަނީ އަންގާފަ އެވެ.