ads
މަގުމަތި..
އިޖުތިމާއީ ފޭރާން ހަލާކުވެ ނިމިއްޖެ! އެންމެ ބޮޑު ދައުރެއް އަދާކުރީ އަލަމްގިރު!
ނުރަނގަޅު ހުރިހާ ކަންކަން ރަނގަޅު ކުރުމަށް ރާއްޖޭގައި އެންމެ ބޮޑަށް ބޭނުން ހިފާ ވަސީލަތަކީ ސޯޝަލް މީޑިޔާގެ އެކި އެކި ޕްލެޓްފޯމްތަކޭވެސް ބުނެވިވެސް ދާނެ އެވެ.
Advertisement

ރަނގަޅު ކުރަން ނުވަތަ އިސްލާހު ކުރަން ހުންނަ ކަންތައްތަކުގެ ވާހަކަ ނޫނީ ގައުމުގައި ހުރި ބޮޑެތި އިޖުތިމާއީ މައްސަލަތަކަށް އެޑްރެސްކޮށް އެކަންކަން ހައްލުކުރުމަށް އެންމެ ބޮޑު ދައުރެއް އަދާކުރަނީ ސޯޝަލް މީޑިޔާގެ ވަސީލަތްތަކުގެ ތެރެއިން ވެސް ޓްވިޓާ އެވެ. 

އެއް ބަޔަކު އިޖުތިމާއީ ފޭރާން ހަލާކުވެއްޖެ ކަމަށާއި، އެކަން ރަނގަޅު ކުރަން މަސައްކަތް ކުރަންޖެހޭ ކަމަށް ގޮވާލަ އެވެ. އަނެއް ބަޔަކަށް ގާނޫނުގެ ތެރެއިން ކަންކަން އިސްލާހު ކުރަން ޖެހޭ ވާހަކަ ތަކެވެ. އެންމެ ބޮޑަށް މިދުވަސްވަރު ދެކެވެމުން އަންނަނީ ގައުމުގެ އިޖުތިމާއީ ފޭރާން ހަލާކުވާތީ އެވާހަކަ އެވެ. 

މިފަދަ ވާހަކަތައް މި ދައްކަނީ ކޮންމެވެސް ސަބަބަކާއި ހުރެ ކަން އެބަ ބަލަންވެސް ޖެހެ އެވެ. އެންމެން ވެސް ދައްކަމުންދާ މިފަދަ ވާކަހަކަތައް ގޮސް ހުއްޓެނީ ދާދި ފަހަކުން ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ބަންގުލަދޭޝްގެ ރައްޔިތެއްްކަމަށް ވާ އެމްޑީ އަލަމްގިރު ގިނަ އަދަދެއްގެ ފިރިހެނުން ތަކަކާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނެ ލީކުވެފައިވާ ވީޑިއޯތަކަކުން ކަމަށް ވެއެވެ. އެކަމުގައިވެސް ހަގީގަތެއް ވާނެތާއެވެ. 

ގާތްގަނޑަކަށް 250 އަށްވުރެ ގިނަ ފިރިހެނުންތަކަކާއެކު އެކި ދުވަސްތަކުގެ މަތިން އެއްޖިންސުން ގުޅުން ހިންގުމުގެ މި އަމަލު އެންމެވެސް ވަނީ ކުށްވެރިކޮށްފަ އެވެ. މި ކަންކަން ރަނގަޅު ކުރުމަށް ރައްޔިތުންނަށް ނަސޭހަތްތެރި ވުމަށެވެ. 

އެކި ބޭފުޅުން އެކި ގޮތައް މޮޅެތި އިބާރާތްތަކުން މި އަމަލުތައް އެބަ ކުށްވެރި ކުރެ އެވެ. އެއްބަޔަކު ނަސޭހަތުގެ ގޮތުން ނެވެ. އަނެއް ބަޔަކު ސަރުކާރަށް ފާޑު ކިއުމަށެވެ. 

މަޝްހޫރު ދީނީ އިލްމުވެރިސާ ޝެއިހް އަލީ ޒައިދު ޓްވިޓާގައި ވިދާޅުވެފައި ވަނީ މި ރާއްޖެ ސަދޫމު ސިޓީއަށް ވިޔަ ނުދިނުމަށް ގޮވާލާ ކަމަށެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ގައުމުގެ އިޖުތިމާއީ ފޭރާން ވީދި ހަލާކުވަމުން އަންނަ ކަމަށެވެ.  

އަލީ ޒައިދު އިތުރަށް ވިދާޅުވީ ރާއްޖެ ސަދޫމް ސިޓީއަށް ވިޔަ ނުދިނުމަށް ގޮވާލާ ކަމަށާއި، މިކަން ކުރި މީހުންގެ ތެރެއިން މަތީ މަގާމުތަކުގައި މީހުން ތިބި ނަމަ އެބައެއްގެ މޫނަކަށް ކަނދުރާއަކަށް ނުބަލައި މަގާމުން ވެސް ވަކިކޮށްދެއްވުމަށް ގޮވާލާ ކަމަށެވެ. ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގަނީ އެންމެ ބަލިކަށި މީހުންކަން ފާހަގަ ކުރައްވައި އަލީ ޒައިދު ވިދާޅުވީ މިފަދަ ބަޔަކު މުޖުތަމައުގައި ދޫކޮށްލެވިގެން ނުވާނެ ކަމަށެވެ. 

ސަރުކާރަށް ފާޑު ވިދާޅުވަމުން މިއަމަލުތައް ކުށްވެރިކޮށް ދީނީ އިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޓްވިޓާގައި ވިދާޅުވީ ރާއްޖޭގެ އިޖުތިމާއީ ފޭރާމާއި ސިލްމާއި ސަލާމަތު ރައްކާތެެރިކޮށް ދެމެހެއްޓުމަށްޓަކައި ރާއްޖޭގައި އިސްލާމީ ޝަރީއަތުގެ މަބްދައުތައް މަތިވެރިކޮށް އިސްލާމީ ސަގާފަތާއި އަގީދާ ކުރިއަރުވައި އިޖުތިމާއީ އަދާލަތު ގާއިމުކޮށް ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއެކު ދައުލަތުން ގާނޫނު ހިންގަންޖެހޭ ކަމަށެވެ. 

ޝަހީމުގެ މި ޕޯސްޓަށް އެތައް ރައްޔިތުންނެއް މިއަމަލު ކުށްވެރިކޮށް ނުރުހުން ފާޅުކޮށްފައިވާއިރު އެންމެ ގިނަ ބައެއްގެ ސުވާލުތަކުގެ ނިމުން ރައްދުކޮށްފައިވަނީ މި ސަރުކާރުގެ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބުދުﷲ އަށެވެ. މިފަދަ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ފަރާތްތަކުގެ މެޖޯރިޓީ ހޯދާފައިވަނީ ވެސް ހަމަ ޝެއިހުންކަން ފާހަގަ ކޮށްލެވެ އެވެ. 

މިފަދަ އަމަލުތައް ހުއްޓުވައި މުޖުތަމައު އިސްލާހުކޮށް ފިޔަވަޅު އެޅުމަށް ފާރަވެރިވާންޖެހޭ އެއް ބަޔަކީ ފުލުހުންނެވެ. ފުލުހުންނާއި ސިފައިން އަދި ކުށްވެރިން ބަލަހައްޓާ ޖަލު ނުވަތަ ކަރެކްޝަން ސާވިސްގެ ބެލެނިވެރި ފަރާތަކީ ހޯމް މިނިސްޓްރީ އެވެ. ސުވާލުތައް ގޮސް ހުއްޓެނީ އެދިމާތަކަށެވެ. ދަންނަވަން މި އުޅެނީ ތަންފީޒީ އިދާރާތަކުގެ ވާހަކަ ތަކެވެ. 

މައްސަލަތައް ހުށަހެޅި ފުލުހުން ތަހުގީގު ކުރަމުންދާއިރު އަދި މިހާތަނަށް މިއިން މީހަކު ހައްޔަރުކޮށް ސުވާލެއް ނުކުރެ އެވެ. މިނިސްޓްރު އިމްރާން ވެސް މީޑިއާގައި ދައްކަވަނީ މި ސުވާލު ތަކާއި ނުވެސް ގުޅޭ ޖަވާބުތަކެވެ. ކޮންމެ ދުވަހަކު މިނިސްޓަރު އިމުރާނު ދުވަސް މިހާރު ފައްޓަވަނީ ޓުވިޓާގައި ކޮންމެވެސް މޮޅު އެއްޗެއް ލިޔުއްވައިގެންނެވެ. ރައްޔިތުން ސުވާލު ކުރަނީ މިފަދަ އަމަލުތައް ހުއްޓުވައި އެމީހުންނަށް އަދަބު ދިނުމަށް ގޮވާލަމުންނެވެ. 

މިނިސްޓަރު އިމްރާން ޓްވީޓް ކުރައްވަނީ އިސްލާމް ދީން ހިޔާމަތް ކުރުމާއި މީހުންނަށް އަނިޔާވެރި ނުވާނެ ވާހަކަ ތަކުންނެވެ. ފާހިޝް އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަ ވެސް ބަލާނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މިއީ ކޮން ދުވަހަކުން ހިނގާނެ ކަމެއް ކަމާމެދު ރައްޔިތުން ސުވާލު އުފައްދަނީ އެވެ. 

މިފަހަކުން ރާއްޖެއިން ހައްދު ފަހަނަ އަޅާފައިވާ މިންވަރަށް މިފަދަ އަމަލުތައް ގިނަ ކަން ފާހަގަ ކުރެވި ހަބަރުތައް ފެތުރެމުން އެބަ ދެ އެވެ. އެއްޖިންސުން ޖިންސީ ގުޅުން ހިންގާ ވާހަކަ ބޮޑެތި ފިރިހެނުންނާއި، އަންހެނުންނެވެ. ގުރޫޕު ހަދައިގެން ގުޅުން ހިންގާ ކަމުގެ ވާހަކަ ތަކެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ވާހަކަތަކެވެ. 

ރޭޕް ކޭސްތަކުގެ ވާހަކަ ތަކާއި ކުޑަކުދިން ވެސް ޖިންސީ ގޯނާގެ ޝިކާރައަކަށް ވުމުގެ ހަޑި މުޑުދާރު އަމަލުތަކުގެ ވާހަކަ ފެތުރިގެން މީޑިއާތަކުގެ ސުރުހީ ތަކުގައި މި ފެންނަނީ މި އަމަލުތައް ހަމަ ކުރާތީތާ އެވެ. ދައްކާ ހުރިހާ ވާހަކަތަކެއްގައި ހަގީގަތެއް އެކުލެވިފައި ނުވިޔަސް ވާހަކަތަކުން ނުވަތަ މި ހަބަރުތަކުން ކޮންމެ ވެސް ކަހަލަ ހަގީގަތެއް އޭގައި އެކުލެވިގެންވާނެ ކަމަށް ހަމަ ގަބޫލުކުރެވެ އެވެ. 

ސާފުކޮށް ލޮލަށް ފެންނަން ހުންނަ ވީޑިއޯތަކާއި ފޮޓޯތައް ދައުރުވާން ފެށުމުން މިކަންކަމުން އެއްކިބާވެ އެއީ ކުރިކަމެއް ނޫންކަމަށް ބުނެ އެޑިޓް ވީޑިއޯ ނުވަތަ ފޮޓޯ ތަކެއް ކަމަށް ވެސް ހަމަ އެ ބުނަނީ އެވެ. އަނެއް ބަޔަކު މިފަދަ އަމަލުތައް ކުރުމުގެ ތުހުމަތު ކުރެވޭއިރު އެއީ ބިޒްނަސް މީޓިން އެއް ކަމަށްވެސް އެ ކިޔަނީ އެވެ. 

މިކަންކަމަށް ޖޯކު ޖަހައި އީދު ކުޅިވަރުގެ މާލިތަކުގައިވެސް މިފަހަރު އޮތީ މި ވާހަކަ ތަކެވެ. މީ ކަންބޮޑުވާންޖެހޭ ލަދުވެތި އަމަލުތަކެވެ. ހުއްޓުވަންޖެހޭ އަދި ވަގުތުން ފިޔަވަޅު އަޅަންޖެހޭ ކަންކަމެވެ. މިފަދަ ބަޔަކު މުޖުތަމައުގައި ތިބެގެން ނުވާނެ އެވެ. 

މިކަންކަމުން ގައުމުގެ އިޖުތިމާއީ ފޭރާން ވީދި ހަލާކުވެ ފުޑުފުޑުވެ މިހާރު މިއޮތީ ބޮލާފޮށާ އެޅިފަ ނޫންތޯ؟ އެވެ. ގައުމުގެ އިޖުތިމާއީ ފޭރާން ރަނގަޅުކޮށް މި ރާއްޖެއަކީ އަހުލާގު ރަނގަޅު ތަނަކަށް ހެދުމަށް އެންމެހާ ރައްޔިތުން މަސައްކަތް ކުރަން ޖެހޭ ވަގުތު މި އޮތީ ޖެހިފަ އެވެ. ތަންފީޒީ އިދާރާތަކުން ފިޔަވަޅު ނޭޅި ކަމުގައިވިޔަސް ރައްޔިތުން ހޭލުންތެރިވެ މިފަދަ ހަޑި މުޑުދާރު އަމަލުތަކުން ރައްކާތެރިވެ ތިބެން އަދި ވެސް ނުޖެހޭތޯ އެވެ. 

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް