ads
މުދާ އުފުލާ ބޯޓެއް
ރާއްޖެއަށް މިހާތަނަށް 5 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދާ އެތެރެ ކޮށްފި
ފާއިތުވި ހަ މަސް ދުވަސްތެރޭ ރާއްޖެއަށް ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައި ވާކަމަށް ކަސްޓަމްސް އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސް އިން އާއްމުކޮށްފައިވާ ވޭތުވެދިޔަ ހަ މަސްދުވަހުގެ ހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް އެތެރެ ކުރި މުދަލުގެ އަގު ވަނީ 5.2 ބިލިއަނަށް އަރާފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭ ރާއްޖެއަށް އެތެރެ ކޮށްފައިވަނީ، 2.9 ބިލިއަން ރުފިޔާގެ މުދަލެވެ. 

މިދިޔަ އަހަރުގެ ޖޫން މަހު ދައުލަތަށް ކަސްޓަމްސް ފީގެ ގޮތުގައި، 274 މިލިއަން ރުފިޔާ ލިބިފައި ވާއިރު، މި އަހަރުގެ ޖޫން މަހު ދައުލަތަށް ފީގެ ގޮތުގައި، 394 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 44 އިންސައްތައިގެ ކުރިއެރުމެކެވެ.  

މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެއިން 154 ރުފިޔާގެ މުދާ ބޭރުކޮށްފައި ވާއިރު، މި އަހަރު މޭ މަހު ރާއްޖެއިން ވަނީ، 247 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 60 އިންސައްތައިގެ ކުރިއެރުމެއްކަން ފާހަގަ ކޮށްލެވެ އެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެ ކޮށްފައިވަނީ އޮމާން އިންނެވެ. އެގައުމުން 1.1 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައި ވާއިރު، އިންޑިއާ އިން ވަނީ 636 މިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފަ އެވެ. ޗައިނާއިން 558 މިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައި ވާއިރު، ޔޫއޭއީ އިން ވަނީ، 435 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފަ އެވެ. 

އަދި މެލޭޝިއާއިން މިދިޔަ މަހު ރާއްޖެއަށް 428 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެ ކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް