މާލެ ހޮސްޕިޓަލްސް ގްރޫޕްގައި ހިމެނޭ ދަރުމަވަންތަ ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް ހިންގުމުގެ ކަންތައްތައް ބެލެހެއްޓެވުމަށް އުފައްދަވާފައިވާ މާލެ ހޮސްޕިޓަލްސް ގަވަނިން ބޯޑްގެ ނަން މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް އަށް ބަދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ ބޯޑު އަލުން އެކުލަވައިލައްވާފައި ވަނީ 30 ޖަނަވަރީ 2020 ގައެވެ.
އަލަށް އެކުލަވާލި ބޯޑުގައި ހިމެނޭ ބޭފުޅުންނަކީ:
ޑރ. ޢަބްދުލްޢަޒީޒު ޔޫސުފް ޢައްޔަނު ކުރައްވާފައި ވަނީ މި ބޯޑުގެ ޗެއާމަންގެ މަޤާމަށެވެ. އަދި، މި ބޯޑުގެ ވައިސް ޗެއާމަންގެ މަޤާމަށް ޢައްޔަނު ކުރައްވާފައި ވަނީ އަނީސާ އަޙްމަދެވެ.