ads
ލަންކާ ރައްޔިތުން މީގެ ކުރިން ކުރި މުޒާހަރާއެއްގެ ތެރެއިން
ޕްރެޝަރު ބޮޑުވެ އެންމެފަހުން ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަން ފުރުސަތު ދީފި
ލަންކާގެ ސަރުކާރާއި ދެކޮޅަށް އެގައުމުގެ ރައްޔިތުން ކުރަމުން އަންނަ މުޒާހަރާތައް އަލުން ކުރުމުގެ ފުރުސަތު އެގައުމުގެ ސަރުކާރުން ދީފި އެވެ.

ލަންކާގެ އާ ރައީސް ރަނިލް ވިކްރަމަސިންހަގެ ސަރުކާރުން މުޒާހަރާ ކުރުމަށް ފުރުސަތު ދީފައި މިވަނީ، އެގައުމުގެ ރައްޔިތުން ކުރަމުން ދިޔަ މުޒާހަރާތައް ސަލާމަތީ ބާރުތަކުން ނިކުމެ ރޫޅާލުމަށް ހިންގި އޮޕަރޭޝަނާއި ގުޅިގެން އެގައުމާއި ދެކޮޅަށް ދުނިޔޭގެ ގައުމުތަކުން ފާޑުކިޔަން ފަށާފައި ވަނިކޮށެވެ. 

ލަންކާގެ ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އަލުން މުޒާހަރާ ކުރާ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް ނިންމާފައި ވާކަމަށާއި، އެހެންނަމަވެސް މުޒާހަރާގެ ބައިވެރިން ހަމަނުޖެހުން ހިންގާ، ތަންތަނުގައި ހުޅުޖަހާނަމަ ސަލާމަތީ ބާރުތަކުން ނިކުމެ މުޒާހަރާތައް ރޫޅާލާނެ ކަމަށެވެ.

އަދި މިފަދައިން ސަލާމަތީ ބާރުތަކުން ނިކުމެ މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ވާ އެއްވެސް ގެއްލުމަކަށް ސަރުކާރުން ޒިންމާވާން ނުޖެހޭނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ. 

ލަންކާގެ ރައްޔިތުންނަށް އަލުން މުޒާހަރާ ކުރުމަށް ފުރުސަތު ދީފައިވާ އިރު، އެ ގައުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ސަލާމަތީ ބާރުތަކުން އަނިޔާ ކޮށްފައިވާ ކަމަށް މީގެ ކުރިން ވަނީ ބުނެފަ އެވެ. އަދި އެކަމާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމު ތަކާއި، މަދަނީ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
80%
ވަރަށް ސަލާމް
ކޮމެންޓްސް