ads
ކޮވިޑް-19 ބަލީގެ ވެކްސިންގ ޕްރޮގްރާމުގެ ތެރެއިން...
ކޮވިޑް ބަލީގެ ކޭސްތައް ރާއްޖެއިން ފެނުން މަދުވެއްޖެ!
ރާއްޖެއިން ކޮވިޑް ބަލީގެ އަލާމާތްތައް ފެންނަ މިންވަރު މަދުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ހެލްތް މިނިސްޓްރީގެ ދަށުން ހިންގާ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިވަގުތު ކޮވިޑަށް ފައްސިވެފައިވަނީ 394 މީހެކެވެ. 

ފާއިތުވީ ދެ ހަފްތާގައިވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް ހުރީ ހާހަކުން މަތީގަ އެވެ. 

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް އެންމެ ގިނައިން ފެނިފައިވަނީ ރިސޯޓުތަކުންނެވެ. އެގޮތުން ރިސޯޓުތަކުން ފައްސަވެގެން 89 މީހަކު މިހަފްތާގެތެރޭގައި ފަރުވާދީފައިވެ އެވެ. މީގެ އިތުރުން އަތޮޅުތެރެއިން 236 މީހަކާއެކު މާލެ ސަރަހައްދުން 69 މީހަކު ވަނީ ކޮވިޑަށް ފައްސިވެފަ އެވެ. 

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮވިޑް19 ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ ޖުމްލަ އާބާދީގެ 88 އިންސައްތަ އެވެ. ކޮވިޑް19 ގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށް ރިކޯޑް ކުރެވިފައިވަނީ 84 އިންސައްތަ މީހުންނެވެ. އަދި ކޮވިޑްގެ ބޫސްޓަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 36 އިންސައްތަ މީހުންނެވެ. 

ކޮވިޑް ބަލީގައި ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިހާތަނަށް ވަނީ 307 މީހަކު މަރުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް