ads
ހަވާ ބަލަން ރަސްފަންނަށް އެއްވެފަ ތިބި މީހުން
މާދަމާ ރޭ މާލޭގައި ހަވާ ނާރުވާނެ، އަރުވާނެ ކަމަށް ބުނި ވާހަކަ ކެންސަލް
މާދަމާ ފާހަގަ ކުރާ ދިވެހި ރާއްޖޭގެ މިނިވަން ދުވަހާއި ގުޅިގެން މާލޭގައި ބޭއްވުމަށް ހަމަޖެހުނު ހަވާ އެރުވުން ކެންސަލް ކޮށްފި އެވެ.
Advertisement

މިއަދު ހެނދުނު ފުލުހުން ވަނީ މާދަމާ ރޭ 21:00 ގައި މާލޭގައި ހަވާ އަރުވާނެ ކަމަށާއި، އެކަމާއި ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނާނެ ކަމަށް ބުނެފަ އެވެ. 

އެހެން ނަމަވެސް އޭގެ ފަހުން އެމްއެންޑީއެފް އިން ވަނީ މާލޭގައި ހަވާ އަރުވާނަމަ، އެކަން އަންގާނީ އެމްއެންޑީއެފް އިން ކަމަށާއި، މާދަމާ ރޭ މާލޭގައި ހަވާ އެރުވުމަށް އަދި ނިންމާފައި ނުވާކަމަށް ބުނެފަ އެވެ. ރާއްޖޭގައި ހަވާ އެރުވުމުގެ ކަންކަން ކުރަމުން ގެންދަނީ ސިފައިންގެ ޖަމިއްޔާ ކަމަށްވާ ސިފްކޯގެ ފަރާތުންނެވެ. 

ފުލުހުން ވަނީ މާދަމާ ރޭ ހަވާ އަރުވާނެ ކަމަށްބުނެ ފުލުހުންގެ ސޯޝަލް މީޑިއާގައި ވެސް އެ ވާހަކަތައް ހިއްސާ ކޮށްފަ އެވެ. އެހެން ނަމަވެސް ފަހުން ފުލުހުން ވަނީ އެ ޕޯސްޓުތައްވެސް ޑިލީޓް ކޮށްލާފަ އެވެ. 

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު 6:00 ޖަހާއިރު ޖުމްހޫރީ މައިދާނުގައި ދިދަ ނެގުމުގެ ރަސްމިއްޔާތް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިިނިވަން ދުވަހާއި ގުޅިގެން މާދަމާ ހަވީރު 16:30 ގައި ހާއްސަ ޕެރޭޑެއް މާލޭގެ ބައެއް މަގުތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. 

އެހެން ނަމަވެސް މި އަހަރު މިނިވަން ދުވަހުގެ ޖަލްސާ އާއި، ފުޅަނދު ބުރު ދައުލަތުގެ ހަރަދު ކުޑަކުރަން ފިނޭންސް އިން އަންގާފައި ވުމުން ނުބާއްވަން ސަރުކާރުން ވަނީ ނިންމާފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް