ads
ދުވާފަރު ކައުންސިލްގެ އިދާރާ
ކަމާއި ބެހޭ ފަރާތްތަކުން ދުވާފަރު ކައުންސިލްގެ މައްސަލަ ތަހުގީގު ކުރުމަށް އެދިއްޖެ
ރ. ދުވާފަރު ކައުންސިލްގެ އިދާރާ އިން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެލްޖީއޭ އިން ކަމާއި ބެހޭ އިދާރާތަކަށް އަންގައިފި އެވެ.

އެލްޖީއޭ އިން މިރޭ އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ދުވާފަރު ކައުންސިލުގެ އިދާރީ ހިންގުމާއި، ފައިސާގެ މުއާމަލާތްތައް ކުރުމުގައި ވައްކަމާއި ކޮރަޕްޝަން ހިންގާކަމަށް ގިނަ ފަރާތްތަކުން އެ އޮތޯރިޓީއަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. 

އަދި އެކަމާއި ގުޅިގެން, އެ އޮތޯރިޓީގެ ކަމާގުޅޭ މުވައްޒަފުން އެކުލެވޭ ޓީމެއް ދުވާފަރަށް ގޮސް ކުރި ހާއްސަ މޮނިޓަރިންގެ ތެރެއިން ފާހަގަކުރެވުނު އެންމެހާ މައްސަލަތައް ހިމެނޭ ގޮތަށް ތައްޔާރުކުރި މޮނިޓަރިންގ ރިޕޯޓް އެ އޮތޯރިޓީގެ ބޯޑުން ފާސްކުރުމާ ގުޅިގެން މި މަހުގެ 20 ވަނަ ދުވަހު ވެބްސައިޓްގައި އާއްމުކޮށްފައިވާ ކަމަށެވެ. 

މީގެ އިތުރުން އެލްޖީއޭ އިން ބުނީ، އެ އޮތޯރިޓީން އާއްމުކުރި ރިޕޯޓުން ފާހަގަކުރެވުނު މައްސަލަތައް ތަހުގީގުކޮށް އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅައިދިނުމަށް އެދި ތަހުގީގި އިދާރާތަކުގައި ދަންނަވާފައިވާނެ ކަމަށެވެ. 

އަދި ދުވާފަރު ކައުންސިލްގެ އިންކުއަރީ ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް އެލްޖީއޭއިން ވަނީ ބުނެފަ އެވެ.

އެލްޖީއޭއިން ނެރެފައިވާ ރިޕޯޓުގައި، ކައުންސިލުން އެއްވެސް ވަރަކަށް ލިޔެކިޔުމެެއް ނަހަދާ ދެ މިލިއަނެއްހާ ރުފިޔާ ކައުންސިލްގެ މުވައްޒަފުންނާއި ކައުންސިލް މެމްބަރުންގެ އިތުރުން ޑަބްލިއުޑީސީގެ މެމްބަރުންނަށް ބަހާފައި ވާކަން ވަނީ ފާހަގަ ކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް