ads
ވިކީ އަދި ކެޓްރީނާ:
ކެޓްރީނާ އާއި ވިކީ މަރާލާނެ ކަމަށް އިންޒާރު ދިން މީހާ ހައްޔަރު ކޮށްފި
ބޮލީވުޑްގެ މަޝްހޫރު ފިލްމީ ބަތަލާ ކެޓްރީނާ ކައިފް އާއި އޭނާގެ ފިރިމީހާ ވިކީ ކައުޝަލް މަރާލާނެ ކަމަށްބުނެ އިންޒާރު ދިން މީހާ ހައްޔަރު ކޮށްފި އެވެ.
Advertisement

ކެޓްރީނާ އާއި ވިކީ އަށް މަރުގެ އިންޒާރު ދިން މީހާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އެތައް ފަހަރަކު އެ ދެމަފިރިންނަށް މަރުގެ އިންޒާރު ދީފަ އެވެ. އަދި އެ މީހާ ވަނީ އެ ދެމަފިރިން ދާ ތަންތަނާއި، އުޅޭ ނޫޅޭގޮތް ބަލާ ފާރަ ލަމުން ގޮސްފަ އެވެ. 

ކެޓްރީނާ އާއި ވިކީ އަށް މަރުގެ އިންޒާރު ދިން މައްސަލަ މުމްބާއީގެ ފުލުހަށް ހުށަހަޅާފައި ވާއިރު، އެކަމާއި ގުޅިގެން ފުލުހުން ހިންގި ތަހުގީގަށްފަހު އިންޒާރު ދިން މީހާ ވަނީ ހައްޔަރު ކޮށްފަ އެވެ. އެހެންނަމަވެސް ހައްޔަރު ކުރި މީހާ އާއި ބެހޭ އިތުރު މައުލޫމާތެއް ފުލުހުން އަދި މިހާތަނަށް އާއްމުކޮށްފައި ނުވެ އެވެ. 

މި ދެމަފިރިންނަށް އެ މީހާ އެންމެ ފުރަތަމަ އިންޒާރު ދޭން ފެށީ، އެ ދެމަފިރިން ރާއްޖެއަށް އައިސް ޗުއްޓީ ހޭދަކުރަމުން ދިޔަ މަންޒަރުތައް އިންސްޓަގްރާމްގައި ހިއްސާ ކުރަން ފެށުމުންނެވެ. 

މީގެ ދުވަސްކޮޅެއް ކުރިން، ބޮލީވުޑްގެ ރަސްގެފާނު ކަމަށް ގިނަބަޔަކު ބުނާ، ސަލްމާން ހާން އާއި އޭނާގެ ބައްޕަ އަށްވެސް ބަޔަކު ވަނީ އިންޒާރު ދީފަ އެވެ. އަދި އިންޑިއާގެ ޕަންޖާބުގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ސިދޫ މޫސް ގަޔަށް ބަޑި ޖަހާ މަރާލީ ގޮތަށް ސަލްމާން އާއި އޭނާގެ ބައްޕަ މަރާލާނެ ކަމަށް ބުނެ އިންޒާރުގެ މެސެޖުތައް ވަނީ ފޮނުވާފަ އެވެ. 

ސިދޫގެ ހަށިގަނޑުން 30 ވުރެ ގިނަ ވަޒަން ވަނީ ނަގާފަ އެވެ. އޭނާ މަރާލީ އިތުރު ދެ ރައްޓެހިންނާއިއެކު ކާރުގައި އަމިއްލަ އަވަށަށް ދަތުރުކުރަނިކޮށެވެ. މި މަރުގެ ތުހުމަތުތައް ކުރަނީ ގޭންގްސްޓާ ލޯރެންސް ބިސްނޯއީއަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް