މިނިވަން ކަމުގެ މުނާސަބަތުގައި އިދިކޮޅު ކޯލިޝަނުގެ އެންމެ ބޮޑު ޕާޓީގެ ލީޑަރު ރައީސް ޔާމީން ރައްޔިތުންނަށް ދެއްވި މެސެޖުގައި ވަނީ އެމަނިކުފާނުގެ ދުއާ އަކީ ހާއިނުން ބަލިކުރުން ކަމަށާއި، ރާއްޖެ އަބަދުގެ އަބަދަށް މިނިވަން ކަން މަތީ ލެއްވުމަށް އެދޭ ކަމަށެވެ.
ރައީސް ޔާމީނުގެ މެސެޖުގައި ބުނެފައި ވަނީ ގައުމަށް އަބަދުވެސް އުފާ ފާގަތިކަން އެދޭ ކަމަށެވެ.
މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ހިތޯބުގައި ބުނެފައި ވަނީ ރާއްޖެ މިނިވަން ކަމުގައި އޮތުމުގެ އެންމެ ބޮޑު ސިއްރަކީ އިސްލާމް ދީން ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ދައުލަތުގެ އެންމެ އިސް ޒިންމާއަކީ މިގައުމުގެ އަމިއްލަ ވެރިކަމާ މިނިވަންކަން ދަމަހައްޓައި، ދިވެހި ރައްޔިތުންނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ.
ދިވެހިންނަކީ ފެށުނީއްސުރެ، މިނިވަންކަމަށް ލޯބިކުރާ ބައެއްކަން ފާހަގަ ކުރައްވައި ރައީސް ސޯލިހު ވެިދާޅުވެފައި ވަނީ އެކީ އެކަތިގަނޑެއްގެ ގޮތުގައި، މިނިވަންކަމަށްޓަކާ ވާންޖެހުނު ކޮންމެ ގުރުބާނީއެއް ދިވެހިން ވަނީ ވެފައި ކަމަށެވެ.