ads
މުޒާހަރާ ކުރާ ފަރާތްތައް ހައްޔަރު ކުރަން ފަށައިފި
ލަންކާ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތައް ހައްޔަރު ކުރަން ފަށައިފި
ސްރީ ލަންކާގެ ސަރުކާރާއި ދެކޮޅަށް އެގައުމުގެ ރައްޔިތުން ކުރަމުން ގެންދާ މުޒާހަރާ ތަކުގެ ބައިވެރިން ހައްޔަރު ކުރަން ސަލާމަތީ ބާރުތަކުން ފަށާފައި ވާކަމަށް އެގައުމުގެ ނޫސްތަކުން ބުނެފި އެވެ.
Advertisement

ލަންކާގެ ރައީސް ކަމުގެ ހުވާ ދާދި ފަހުން ކުރެއްވި، ރަނިލް ވިކްރަމްސިންހަ ވަނީ ވެރިކަމަށް ވަޑައިގެންނެވިގޮތަށް ލަންކާގައި ކުރަމުން ގެންދިޔަ މުޒާހަރާތައް ރޫޅާލުމަށް އެގައުމުގެ ސަލާމަތީ ބާރުތަކުގެ މައްޗަށް އަމުރު ކޮށްފަ އެވެ. އެއާއި އެކި ސަލާމަތީ ބާރުތަކުން ވަނީ ދަންވަރުގެ ވަގުތުގައި މުޒާހަރާގެ ބައިވެރިން ތިބި ސަރަހައްދަށް ގޮސް އެ މީހުން އެތަނުން ދުރަށް ޖައްސާފަ އެވެ. އަދި އެ ރޭ ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ކަވަރު ކުރަމުން ދިޔަ ބައެއް ނޫސްވެރިން ހައްޔަރު ކޮށް ބައެއް ނޫސްވެރިންނަށް އިންޒާރުވެސް ސަލާމަތީ ބާރުތަކުން ވަނީ ދީފަ އެވެ. 

ލަންކާގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަމުންދިޔަ ފަރާތްތައް ހުއްޓުވުމަށް ސަލާމަތީ ބާރުތަކަށް އެންގުމުން، އެކަމާއި ގުޅިގެން ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ފާޑުކިޔަން ފެށުމުން ލަންކާ ސަރުކާރުން ވަނީ އަލުން މުޒާހަރާ ކުރުމަށް އިއްޔެ ވަގުތެއްގައި ހުއްދަ ދީފަ އެވެ. 

އެއާއި އެކު އެގައުމުގެ އެކި ހިސާބުތަކުގައި މިހާރު މުޒާހަރާތައް ކުރަމުން ގެންދާއިރު، މުޒާހަރާގެ ބައިވެރިން ހައްޔަރު ކުރުމަށް ސަލާމަތީ ބާރުތަކުން ގެންދަނީ މަސައްކަތް ކުރަމުން ކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

ލަންކާ ފުލުހުން ވަނީ ބަންޑާރަނައިކް ސްޓެޗޫ ކައިރީ މުޒާހަރާ ކުރަމުން ދިޔަ ހަތަރު މީހަކު ހައްޔަރު ކުރަން މަސައްކަތް ކޮށްފަ އެވެ. އަދި އެ މީހުން ހައްޔަރު ކުރުމަށް އުޅުނީ، އެ ސްޓެޗޫ އަށް ގެއްލުންދޭން އުޅުމުން ކަމަށް ފުލުހުންނާއި ހަވާލާދީ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

ސަލާމަތީ ބާރުތަކުން އެ ސަރަހައްދުން މީހުން ދުރައްޖައްސާފައި ވާއިރު، އަނެއްކާވެސް އެ ސަރަހައްދަށް ޖަމާވާނެ ކަމަށާއި، ލަންކާ ސަރުކާރާއި ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތައް ހުއްޓާ ނުލާނެ ކަމަށް އެފަރާތްތަކުން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް