ads
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ތެލުގެ ސަބްސިޑީ ކަނޑާލުމަށް ރައީސް ނުނިންމަވާ: މަބްރޫކް
ސަރުކާރުން ދެމުން އަންނަ ތެލުގެ ސަބްސިޑީ ކަނޑާލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައި ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.
Advertisement

މަބްރޫކް މިހެން ވިދާޅުވެފައި މިވަނީ، މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު މިއަދު ގައުމާއި މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި، ތެލުގެ ސަބްސިޑީ ދެމުން އަންނަ ގޮތް ބަދަލު ކުރުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް ވިދާޅުވި ވާހަކަ ބައެއް މީޑިއާ ތަކުން ރައްޔިތުންނަށް އޮޅޭގޮތަށް ގެނެސްދެމުން ގެންދިއުމާއި ގުޅިގެންނެވެ. 

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް މިއަދު "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފަތުރަމުންދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާއި، ސަބްސިޑީ ކަނޑާލުމަށް ރައީސް ވިދާޅުވެފައި ނުވާ ކަމަށެވެ. 

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ރައީސް ދެއްކެވީ ތެލުގެ ސަބްސިޑީ އަށް ބަދަލު ގެންނަންޖެހޭ ވާހަކަ ކަމަށާއި، އެކަމާ ގުޅޭ ތަފްސީލްތައް ފަހުން ހިއްސާ ކުރާނެ ކަމަށެވެ. 

އަދި ހަގީގަތާއި ހިލާފު ވާހަކަތައް މީޑިއާގައި ހިއްސާ ނުކުރުމަށް ވެސް މަބްރޫކް ވަނީ އިލްތިމާސްކޮށްފަ އެވެ. 

ރައީސް ދެއްވި ހިތާބުގައި މިަދު ވިދާޅުވީ ތެލުގެ ސަބްސިޑީއަށް ހަރަދު ކުރުމަށް ސަރުކާރުން އަންދާޒާ ކުރި މިންވަރަށްވުރެ މާބޮޑުތަނުން އިތުރުވެފައިވާ ކަމަށާއި، މި މައްސަލަތައް ދިމާވެފައިވަނީ ޔޫކްރެއިންގެ ހަނގުރާމަ އާއި ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށްވެސް ބޮޑެތި ބަދަލުތަކެއް އައުމާއި، ގުޅިގެން ކަމަށެވެ. 

"ތެލުގެ ސަބްސިޑީއަށް އަންދާޒާކުރިވަރަށްވުރެ އެތަށް ގުނައަކުން މަތިވެއްޖެ. މިއަހަރަށް ބަޖެޓު ކުރެވުނު ތެލުގެ ސަބްސިޑީގެ ޖުމްލަ އަކީ 341.5 މިލިއަން ރުފިޔާ. އެއީ މުޅި އަހަރަށް ބަޖެޓު ކުރެވުނު މިންވަރު. ނަމަވެސް މި ހަނގުރާމަ އާއި ގުޅިގެން ތެލުގެ އަގު އެތައް ގުނައެއް މައްޗަށް ދިއުމުގެ ސަބަބުން ނިމިދިޔަ ޖޫން މަހުގެ ނިޔަލަށް ޖުމްލަ 910.3 މިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް އެކަނި ހަރަދު ކުރެވިއްޖެ. މިހާރު ލަފާކުރެވޭ ގޮތުން މިއަހަރުގެ ނިޔަލަށް މިހާލަތުގައިދާނަމަ ޖުމްލަ 1.95 ބިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް ސަރުކާރުން ހަރަދުކުރަންޖެހޭނެ."

މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ އެހިނދަކު ދުނިޔެ އަށް ކުރިމަތިވާ ކޮޅިގަނޑަކުން ރާއްޖެ ސަލާމަތްކޮށް ރައްޔިތުން ގޮވައިގެން އަމާން ބަނދަރަކަށް ވާސިލް ވުމަށް ކަމަށެވެ. އަދި ވެފައިވާ ވައުދުތައް ފުއްދުމަށް މަސައްކަތް ކުރުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް