ads
ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން
މައްސަލަ ސާބިތުނުވުމުން ކުޑަކުއްޖާ ގޮވައިގެން ދައުލަތުން ހައިކޯޓަށް!
130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި ކުޑަ ކުއްޖާގެ މައްޗަށް އެ މައްސަލަ ސާބިތު ނުވުމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

މި މައްސަލަ އަކީ 2020 ވަނަ އަހަރުގެ ފަހުކޮޅުގައި ހުޅުމާލޭ ފަޅުގައި އޮތް ކަންނެލި ދޯންޏަކުން މަސްތުވާތަކެތި އަތުލައިގަތް މައްސަލަ އެކެވެ. 

ފުލުހުންގެ އިންޓެލިޖަންސް އަށް ލިބުނު މައުލޫމާތާއި ގުޅިގެން ފުުހުން ހިންގި ސްޕެޝަލް އޮޕަރޭޝަނުގައި ވަނީ ހަތް މީހަކު އޭރު ހައްޔަރުވެސް ކޮށްފަ އެވެ. 

މި މައްސަލައިގައި ދައުވާ އުފުލާފައިވާ ކުޑަ ކުއްޖާ ފިޔަވައި ދެން ތިބި ހަ މީހުންގެ މައްސަލަ މިހާރުވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެ އެވެ. 

ކުޑަ ކުއްޖާގެ މައްޗަށް ދައުލަތުންދެ ދައުވާއެއް ކޮށްފައިވާއިރު އެއިން އެއްވެސް ކަމެއް އެ ކުއްޖާގެ މައްޗަށް ސާބިތު ނުވާކަމަށް ޖުވެނައިލް ކޯޓުން ވަނ ނިންމާފަ އެވެ. 

ކުޑަ ކުއްޖާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ. 

އެ ނެޓްވޯކްގެ އެންމެ އިސް މީހެއް ކަމަށް ފުލުހުން ތުހުމަތު ކުރަނީ ޕީއެންސީގެ ކައުންސިލް މެމްބަރު އަދި ހައުސިން މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު ޝަހީބް އިބްރާހިމް އަށާއި ހއ. ހޯރަފުށި ވައިލެޓްވިލާ، އަހުމަދު މޫސާ އަށެވެ.

އެ ދެ މީހުންގެ އިތުރުން ދެން ދައުވާ އުފުލާފައިވަނީ، އަސީލް މާހިރު، ދުންފިނިގެ/ ގއ. ވިލިނގިލި އާއި އަނަސް ހުސައިން، ސެލް/ ޅ. ހިންނަވަރު އަދި ބަންގްލަދޭޝައަށް ނިސްބަތްވާ ދެ މީހަކަށެވެ. އެއީ މުހައްމަދު ރިޔާދު އަދި އިގްބާލް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް