ads
ޝެއިހް ފަޒްލޫން ބިން މުހައްމަދު
އަމިއްލަ ޖީބުން ގުރުއާނުގެ އާޔަތް ހަދާމީހަކު ކޮންމެ އެއްޗެއްވެސް ބުނާނެ!
ކުރީގެ ރައީސް އަލް އުސްތާޒް މައުމޫން އަބުދުލް ގައްޔޫމު އަމިއްލަ ކީރިތި ގުރުއާނަށް އާޔަތެއް އިތުރުކޮށްލާފައިވާ ކަމަށާއި، އެފަދަ މީހަކު އިސްލާމް ދީނާއިބެހޭ ގޮތުން ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަާނެ ކަމަށް ދީނީ އިލްމުވެރިޔާ ޝެއިހް ފަޒްލޫން ބިން މުހައްމަދު ވިދާޅުވެއްޖެ އެވެ. އަމިއްލަ ޖީބުން ގުރުއާނުގެ އާޔަތް ހަދާ މީހަކު ކޮންމެފަދަ ވާހަކައެއްވެސް ދައްކާނެ!
Advertisement

ޔޯގާ ހަރަކާތަކީ ޝިރުކެއް ނޫން ކަމަށާއި އެއީ ކަސްރަތެއް ކަމަށް ބުނުމުން ރައީސް މައުމޫނަށް ޝެއިހް ފަޒްލޫން ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ. 

މައުމޫން ވިދާޅުވީ ޔޯގާ ހަރަކާތަކީ ކަސްރަތުގެ ހަރަކާތެއް ކަމަށާއި، މި ހަރަކާތުގައި ޝިރުކުގެ އަމަލެއް ނުހިންގާނަމަ އެއީ ހަރާމް ކަމެއްވެސް ނޫން ކަމަށެވެ.  

ފަޒްލޫން ވިދާޅުވީ މައުމޫނަކީ ޖެހިލުމެއްނެތި އަމިއްލަ ޖީބުން ގުރުއާނަށް އާޔަތެއް އިތުރުކޮށްލި މީހެއް ކަމަށެވެ. އަދި އެފަދަ މީހަކު ދީނާމެދު ކޮންމެ ފަދަ ވާހަކައެއްވެސް ދައްކައިފާނެ ކަމަށެވެ. 

"ޖެހިލުމެއް ނެތި އަމިއްލަ ޖީބުން ޤުރްއާނަށް އާޔަތެއް އިތުރުކޮށްލި މައުމޫނު، ދީނާމެދު ކޮންމެފަދަ ވާހަކައެއްވެސް ދައްކައިފާނެ." 

ޝެއިހް ފަޒްލޫން ވަނީ ރައީސް މައުމޫނު ގްރުއާނުގެ އާޔަތެއްގެ މާނަ ބަޔަކަށް ތަފްސީލުކޮށް ކިޔައިދޭ މަންޒަރުގެ ވީޑިއޯއެއްވެސް މީސް މީޑިޔާގައި މިއަދު އާންމުކޮށްފަ އެވެ. 

ބައިނަލް އަގުވާމީ ޔޯގާ ހަރަކާތް ގަލޮޅު ދަނޑުގައި ފާހަގަކުރި ދުވަހު އެތަނަށް ވަދެ ހަމަނުޖެހުން ހިންގި ކަމަށް ބުނެ ފުލުހުން ވަނީ 21 މީހަކު ކުރިން ހައްޔަރު ކޮށްފަ އެވެ. 

ހައްޔަރު ކުރި މީހުންގެ ތެރޭގައި ޝެއިހު ފަޒްލޫން އާއި، ޝެއިހު ނިޝާންގެ އިތުރުން އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވެސް ހިމެނެ އެވެ. 

ޔޯގާ ހަރަކާތަށް ހުރަސްއެޅި މައްސަލަ އާއި ގުޅިގެން ހައްޔަރުކުރުމަށްފަހު ދެ ޝެއިހުން ވެސް ވަނީ މިހާރު ޝަރުތު ތަކަކާއެކު ދޫކޮށްލާފަ އެވެ. ނަމަވެސް އެ ދެމީހުންނަށް ދޫކޮށްފައިވާ ދީނީ ފަތުވާ ދިނުމުގެ ހުއްދަވެސް ވަނީ އަތުލާފަ އެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް