ads
ވެލާނާގެ-- ފޮޓޯ: މުހައްމަދު ޝަރްހާން
އަންނަ އަހަރުގެ ބަޖެޓި ދަރަނި ކުޑަ ބަޖެޓެއްގެ ގޮތުގައި ހުށަހަޅަނީ
އަންނަ އަހަރަށް ދައުލަތުން ކަނޑައަޅާ ބަޖެޓު ދަރަނި ކުޑަ ބަޖެޓެއްގެ ގޮތުގައި ހުށަހެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ހާމަ ކޮށްފި އެވެ.

ސަރުކާރުން މިކަން ހާމަކޮށްފައި މިވަނީ، ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭ ގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން އާއްމުކުރި، ރިޕޯޓާއި ގުޅިގެން ސަރުކާރުން ނެރެފައިވާ ނޫސް ބަޔާނެއްގަ އެވެ.
އައިއެމްއެފް އިން ނެރެފައިވާ ރިޕޯޓްގައި ބުނެފައިވަނީ، ރާއްޖޭގެ އިގްތިސާދު މިއަަހަރު 8.7 އިންސައްތަ އަށް ކުރިއަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ދައުލަތުގެ ހަރަދު ތެލުން ދޭ ސަބްސިޑީ އާއި އާސަންދައިން ދޭ ސަބްސިޑީއާއި ގުޅިގެން ބޮޑުވެފައި ވާކަމަށާއި، އެހެން ނަމަވެސް ސަބްސިޑީ ދިނުމުގައި ސަރުކާރުން އަންނަ އަހަރު ބަދަލު ގެންނަން ނިންމާފައި ވުމަކީ ފާހަގަ ކޮށްލެވޭ މުހިއްމު ކަމެއް ކަމަށެވެ. އަދި މިކަމަށް ދިވެހި ސަރުކާރަށް އައިއެމްއެފް އިން ވަނީ މަރުހަބާވެސް ދަންނަވާފަ އެވެ. 

މީގެ އިތުރުން، އަންނަ އަހަރު ސަރުކާރުގެ މާލީ ސިޔާސަތު ހަރުދަނާ ކުރުމަށް ސަރުކާރުން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ނިންމި ނިންމުމަކީވެސް ހަރުދަނާ އަދި މުހިއްމު ނިންމުމެއް ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
މި ރިޕޯޓާއި ގުޅިގެން ސަރުކާރުން ބުނީ، އަންނަ އަހަރުގެ ބަޖެޓު ހަރަދު ކުޑަ އަދި ދަރަނި ކުޑަ ބަޖެޓެއްގެ ގޮތުގައި ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، އަންނަ އަހަރުގެ ބަޖެޓް ފައިނޭންސް ކުރުމަށް، ބައިނަލްއަގްވާމީ ބާޒާރަށް ދާން ނުޖެހޭ ގޮތަށް ދައުލަތުގެ ހަރަދުތަކާއި، ފައިނޭންސް ހަމަޖައްސާފައި ވާކަމަށާއި، ބަޖެޓު ފައިނޭންސް ކުރުމަށް ސަރުކާރުން އިސްކަން ދޭނީ، ޑޮމެސްޓިކް ފައިނޭންސް އަދި، ކޮންސެޝެނަލް ފައިނޭންސް އަށް ކަމަށްވެސް ވަނީ ބުނެފަ އެވެ. 

ސަރުކާރުން މިހެން ބުނެފައި ވާއިރު، އިއެމްއެފްގެ ރިޕޯޓުގައި، ސަރުކާރުން ހަރަދުތައް ކުޑަކުރުމަށް ކަނޑައަޅާފައިވާ ކަންކަން ކުރުމުން، ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާއިން އަރައިގަނެވޭނެ ކަމަށްވަނީ ބުނެފަ އެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް