ޓްރިސްޓަން ރާއްޖެއައީ ބުދަ ދުވަހުގެ ވަގުތެއްގައެވެ. ބުދަ ދުވަހު، ފިރިހެން ރޭންކިންގެ އެއްވަނަ ޓްރިސްޓަން ރާއްޖެ އައިސްފާއިރު، އަންހެން ޗެމްޕިއިން ބްރެޒިލްގެ އިޒަބެލާ ސޫސާވަނީ މިދިޔަ ހަފްތާގައި މާލެ އައިސްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހަތަރު ކެޓަގަރީއަކުން ދުނިޔޭގެ އެންމެ މަތީ ފަންތީގެ އެތުލީޓުން ރާއްޖޭގައި އޮންނަ މި އިވެންޓުގައި ވާދަކުރާނެއެވެ.
ހުކުރު ދުވަހު، ހެންވޭރު ކޮޅު ރާޅުގަނޑު ސަރަހައްދުގައި ފަށާ މޯލްޑިވްސް ޕްރޯއަކީ ވޯލްޑް ޓުއާގެ ލެގެއް އޭޝިއާ ސަރަހައްދުގައި ބާއްވާ ފުރަތަމަ ފަހަރެވެ. މޯލްޑިވްސް ޕްރޯގައި ދިވެހި އެތްލީޓުންވެސް ވާދަކުރާނެއެވެ. މި މުބާރާތުގައި ވާދަކުރާ ދިވެހި އެތްލީޓުންނާ ރައީސުލް ޖުމްހޫރިއްޔާވަނީ ބައްދަލު ކުރައްވައި ހިއްވަރު ދެއްވާފައެވެ.