ads
ރައީސް މައުމޫން - ފޮޓޯ: ވަގުތު
ޔޯގާ ހަރަކާތް ހަރާމް ނޫންކަމަށް ބުނެ ރ. މައުމޫން ހެކިދައްކައިފި
ޔޯގާ ހަރަކާތަކީ އިސްލާމް ދީނުގައި ހަރާމް ކަމެއް ކަމެއް ނޫން ކަމަށް ބުނެ، ބައެއް ދަލީލުތަކާއެކު މޯލްޑިވްސް ރިފޯމް މޫމަންޓް (އެމްއާރުއެމް) އިން ބަޔާނެއް ނެރެފި އެވެ.
Advertisement

ކުރީގެ ރައީސް މައުމޫން އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ އެމްއާރުއެމް އިން މިފަދަ ގޮތަކަށް ބަޔާން ނެރުއްވި އިރު އިއްޔެ ރައީސް މައުމޫން ވަނީ ޔޯގާ ހަރަކާތަކީ ޝިރުކުގެ އަމަލެއް ނޫން ކަމަށާއި، އެއީ ކަސްރަތެއް ކަމަށް ބުނެ ބައެއް މީޑިޔާ ތަކަށް މައުލޫމާތުވެސް ދެއްވާފަ އެވެ. 

ޔޯގާ ހަރަކާތާއި ގުޅިގެން ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންގެ މެދުގައި ވަނީ ވަރަށްބޮޑަށް ހިޔާލުތަފާތުވުން އުފެދިފަ އެވެ. 

އެމްއާރުއެމް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފަހަކަށް އައިސް ދިވެހި މުޖުތަމައުގައި އިޖުތިމާއީ އަދި ދީނީ ކަންކަމުގައި ރައްޔިތުންގެ މެދުގައި ނުތަނަވަސް ކަމާއި ހިޔާލުތަފާތުވުން އުފެދޭ ގޮތަށް ބައެއް ފަރާތްތަކުން ދީނީ ރައުޔު ނެރުން އާންމުވެފައިވާ ކަމަށެވެ. 

އަދި މިފަދަ ރައުޔު ތައް ނެރޭ ފަރާތްތަކުން ހާމަކުރައްވަނީ ދީނީ ނަޒަރަކަށްވުރެ ބޮޑަށް އެފަރާތްތަކުގެ ހިޔާލު ކަމަށެވެ. 

މައުމޫން ވިދާޅުވީ ހަރާމް ކަންތައްތަކަކީ ދެނެގަންނާނެ ގޮތްތަކެއް ކީރިތި ގުރުއާނާއި، ރަސޫލާގެ ސުންނަތުންވެސް އެގެން އޮންނަ ކަމަށެވެ. އެއީ މާތްﷲ ހާރާމް ކުރައްވާފައިވާ ނުވަތަ މަނާ ކުރައްވާފައިވާ ކަންކަން ކަމަށެވެ. އަދި މިފަދަ ކަންކަން ދެނެގަނެވޭނެ ގޮތައްވެސް ބަޔާންކުރައްވާފައިވާ ކަމަށެވެ. 

އެގޮތުން މުޅަ ތަކެއްޗާއި ، އޮރޮރޭ ލެޔާއި، އޫރުމަހާއި، މާތްﷲ ނޫން އެހެން ފަރާތެއްގެ ނަންގަނެގެން ކަތިލާ ތަކެތި މީސްތަކުންގެ މައްޗަށް ހަރާމް ކުރައްވާފައިވާ ކަމަށް ބުނެފައިވާ ދަލީލު ހިމަނުއްވާފައިވެ އެވެ. 

މި ބަޔާނުގައި ހަރާމް ވާނީ ހަމައެކަނި މާތްﷲ ހަރާމް ކުރައްވާފައިވާ ކަންކަން އެކަނިކަން ފާހަގަ ކުރައްވަމުން މި ބަޔާނުގައި ބުނެފައި ވަނީ ހަރާމް ކަމަކީ އެކަމެއް ކުރުމުން މާތްﷲ ހަރާމް ކުރައްވާފައިވާ ކޮންމެ ކަމެއް ކަމަށެވެ. 

ކީރިތި ގުރުއާނުގެ އެތަކެއް އާޔަތްތަކާއި އޭގެ މާނަ ހިމަނުއްވައިގެން ނެރެފައިވާ މި ބަޔާނުގައި ވަނީ މާތްﷲ މަނާކުރައްވާފައިވާ ކަންކަން އެނގޭނެ ދެވަނަ ގޮތަކީ ގަރީނާ އަކުން ކަމަށެވެ. އެގޮތުން އެކަމެއް ނުކުރުމަށް ނުވަތަ ދުރުހެލިވުމަށް އަންގަވާފައިވާ ކަންކަމުގެ ތެރެއިން ހުތުރުކަން ބޮޑުވެގެންވާ ފާފަ ތަކުގެ ތެރެއިން ޒިނޭ ހަރާމް ކުރައްވާފައިވާ ކަން ބަޔާންކޮށްދެއްވާފައިވާ ދަލީލު ފަދަ ދަލީލުތައް ގެނެސްދީފައި ވެއެވެ. 

މައުމޫންވިދާޅުވީ ޔޯގާ ފަދަ ސިއްހީ ނުވަތަ ނަފްސާނީ ދުޅަހެޔޮކަން ބަދަހިކޮށް ވަރުގަދަ ކުރުމަށްޓަކައި ކުރާ ކަސްރަތުތަކާއި ލަވަކިޔުމާއި މިއުޒިކް ކުޅުން ފަދަ ކަންކަމަކީ ހަރާމް ކަމެއް ކަމަށް ބުނުމުގެ ޖާގައެއް ނެތް ކަމަށެވެ. 

71%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް