ads
ފިލްމު އެސޯސިއޭޝަންގެ ބޯޑަށް އަލަށް އިންތިހާބުކުރި ފަރާތްތައް..
ފިލްމު އެސޯސިއޭޝަންގެ ބޯޑަށް މެންބަރުން އިންތިހާބުކޮށްފި
މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއެސް) ގެ 2022 ވަނަ އަހަރުގެ ހިންގާކޮމެޓީގެ ބޯޑަށް މެންބަރުން އިންތިހާބުކޮށްފި އެވެ.
Advertisement

ސޯސަލް ސެންޓަރުގައި ރޭ އެމްއެފްއެސް އިން ބޭއްވި ވޯޓުލުމުގައި ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެފައި ވަނީ ކުރިންވެސް އެ މަގާމުގައި ހުންނެވި މަޝްހޫރު ކެމެރާމަން އަބުދުﷲ ޝިޔާޒް (މާސްކޭ) އެވެ. 

your imageފިލްމް އެސޯސިއޭޝަންގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ޝިވާޒް އަބްދުﷲ (މާސްކޭ) އެވެ.

މާސްކޭ އަށް ލިބިފައި ވަނީ 47 ވޯޓެވެ. އޭނާ އާ ވާދަކޮށްފައިވާ މަޝްހޫރު ޕްރޮޑިއުސަރުއްގެ އަދި ފިލްމީ ތަރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އިބްރާހީމް ރަޝީދު މޫސާ (ބުރޯ) އަށް ލިބިފައިވަނީ 41 ވޯޓެވެ. 

your imageފިލްމް އެސޯސިއޭޝަންގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިބްރާހީމް ރަޝީދު މޫސާ (ބުރޯ)

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއާޕާސަންގެ މަގާމަށް ކުރިމަތި ލައްވާފައިވަނީ މަޝްހޫރު ފިލްމީ ތަރި އާމިރާ އިސްމާއީލް އާއި، ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ އަބުދުﷲ މުއާޒް އެވެ. ވައިސް ޗެއާޕާސަން ކަން އާމިރާއަށް ލިބިފައިވަނީ އިންތިހާބުގައި މުއާޒް ނަން އަނބުރާ ގެންގޮސް ވާދަނުކުރަން ނިންމުމުން ވޯޓަކާ ނުލަ އެވެ.

your imageފިލްމީ ތަރި އާމިރާ އިސްމާއީލް

މި އިންތިހާބުގެ އެންމެ ވާދަވެރި މަގާމެއްގައި ހިމެނެނީ ޖެނެރަލް ސެކެޓްރީގެ މަގާމެވެ. ޖެނެރަލް ސެކެޓްރީގެ މަގާމަށް ވާދަކުރެއްވި ފަރާތްތަކުގެ ތެރެއިން ފިލްމު ތަކުގެ އެންމެ ކުރިން ޖާގަ ހޯދަމުން އަންނަ މަޝްހޫރު ފިލްމީ ތަރި މުހައްމަދު މަނިކު (މަނިކު) ވަނީ 52 ވޯޓާއެކު މަގާމަށް އިންތިހާބުވެފަ އެވެ. 

your imageފިލްމީ ތަރި މުހައްމަދު މަނިކު

މަނިކުއާ ވާދަކުރެއްވި ބެލުންތެރިންގެ މެދުގައި ތަފާތު ރޯލް ތަކުން ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ މުހައްމަދު ރިފްޝާން (ރިއްޕެ) އަށް ލިބުނީ 38 ވޯޓެވެ. 

your imageފިލްމީ ތަރި މުހައްމަދު ރިފްޝާން (ރިއްޕެ) 

ހަޒާންދާރުގެ މަގާމަށް ވާދަކުރެއްވި މަޝްހޫރު ޑިޒައިނަރު އަދި ރާއްޖޭގެ ކޮރިއޯގްރަފީގެ ދާއިރާއިން ބެލުންތެރިންނާއި ހަމައަށް ކުޅަ ދާނަ ޑާންސް ތަކެއް ގެނެސްދެއްވާފައިވާ ޖާދުﷲ އިސްމާއީލް ވަނީ 66 ވޯޓުން ކުރި ހޯދާފަ އެވެ. ފިލްމީ އެކްޓަރު އަބުދުﷲ މާހިރަށް ލިބުނީ 23 ވޯޓެވެ. 

ފިލްމް އެސޯސިއޭޝަންގެ ބޯޑު މެންބަރުކަމަށް ވާދަކުރެއްވި ފަސް ފަރާތެއް ހިމެނެ އެވެ. 

ބޯޑު މެންބަރުންގެ މަގާމަށް އިންތިހާބުކޮށްފައިވަނީ މަޝްހޫރު ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ) އާއި، ޕްރޮޑިއުސަރ އެންޑް އެކްޓަރު ޝަހު އަލީ އާއި، ކޮމެޑީ ރޯލްތަކުން ފެނިންގެންދާ އަލީ ޝާހިދު (ސެޓް އައްޔަ) އާއި، މިހާރު ރާއްޖޭގެ ފިލްމް އިންޑަސްޓްރީގައި އަރަމުން އަންނަ ތަރި މުހައްމަދު ފައިސަލްގެ އިތުރުން ކުޑަކުދިންގެ ބައޯކަލޯ ފިލްމުން މަޝްހޫރު ކަމެއް ހޯދާފައިވާ އިބްރާހިމް ރިޔާޒް އެވެ. 

71%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް