ads
އަސްރާ އަބުދުﷲ އާއި އަމާލް އަބުދުﷲ.. ފޮޓޯ ގޫގަލް
އެއްބަނޑު އެއްބަފާ ދެ އަންހެން ކުދިންގެ މަރުގެ ތަހުގީގު ފަށައިފި
އެއްބަނޑުއެއްބަފާ ދެ އަންހެން ކުދިން އެއްކޮށް މަރުވެފައި އޮއްވާ ފެނުމުން އެކަން ތަހުގީގު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެއްބަނޑުއެއްބަފާ ޒުވާން ދެ އަންހެން ކުދިން ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮތް މައްސަލައެއް އޮސްޓްރޭލިއާގެ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އެގައުމުގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. 

އަސްރާ އަބުދުﷲ އާއި އަމާލް އަބުދުﷲ ނަމަކަށް ކިޔާ މި ދެ ކުދިންވެސް މަރުވެފައި އޮއްވާ ފެނިފައިވަނީ އެކުދިން ނިދާ ކޮޓަރީގައި ދެކުދިންގެ އެނދު މަތީގައި އޮއްވަ އެވެ. 

އުމުރުން 23 އަހަރާއި 24 އަހަރުގެ މި ދެ އަންހެން ކުދިންނަކީ ސައުދި އަރަބިއްޔާ އަށް ނިސްބަތްވާ ދެކުދިން ކަމަށްވެ އެވެ. 

މި ދެކުދިންނަކީވެސް 2017 ވަނަ އަހަރު އެގައުމުން ފިލައިގެން އައިސް އޮސްޓްރޭލިއާގައި ރެފިއުޖީންގެ ގޮތުގައި އުޅޭ ދެކުދިން ކަމަށްވެ އެވެ. 

ސްޕޯޓް ގްރޭޑިއަން ނޫހުގައި ރިޕޯޓްކޮށްފައިވަނީ މި ދެކުދިންވެސް މަރުވެފައި އޮއްވާ ފެނިފައިވަނީ އެ ދެކުދިންގެ އެއްވެސް ހަބަރެއް ނުވާތާ މަސްދުވަސް ވަރު ފަހުން އެ ކުދިން ދިރިއުޅޭ އެޕާޓްމަންޓަށް ބަޔަކު ގޮސް ބެލުމުން ކަމަށެވެ. 

ފުލުހުންގެ ތަހުގީގު ކުރިއަށްދާއިރު އެ ދެކުދިންނަށް ޖިސްމާނީ ގޮތުން އެއްވެސް ގެއްލުމެއް ބަޔަކު ކޮށްފައިވާ ކަމަށް ބެލެވިފައި ނުވާކަމަށްވެ އެވެ. އަދި އެ ކުދިން ދިރިއުޅުނު ކޮޓަރިވެސް ވަނީ އެތެރެއިން ތަޅުލާފައި ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. 

އޮސްޓްރޭލިޔާގެ ޑީޓެކްޓިވް ކްލައުޑިއާ އޯލްކްރޮފްޓް މިދިޔަ ބުދަ ދުވަހު ބުނި ގޮތުގައި އެ ދެބެން ފެނުނުއިރު އެމީހުން މަރުވިތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ތަހުގީގުން ދައްކާ ކަމަށެވެ.

0%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް