ads
މީގެ ކުރިން މާލޭގައި ހިންގި މާރާމާރީއެއްގައި ފުލުހުން ހަރަކާތްތެރިވަނީ.. ފޮޓޯ ސީއެންއެމް
ގުރޫޕު ހަދައިގެން ހިންގި މާރާމާރީއެއްގައި 3 މީހަކަށް އަނިޔާވެ ފަރުވާދޭން ފަށައިފި
މާލޭގެ ގެއެއްގެ ތެރެއަށް ގުރޫޕު ހަދައިގެން ވަދެ ހިންގި މާރާމާރީއެއްގައި ތިން މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
Advertisement

މި މާރާމާރީ ހިންގާފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފެއް ނުވެ އެވެ. މާރާމާރީގައި ލިބިފައި ވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއްވެސް އަދި ސާފެއް ނުވެ އެވެ. 

ފުލުހުން ބުނީ ގެއެއްގެ ތެެރޭގައި ބަޔަކު ގުރޫޕު ހަދައިގެން މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ ރޭ 22:45 ހާއިރު ކަމަށެވެ. 

ފުލުހުން ބުނީ މި މާރާމާރީގައި އަނިޔާވެފައި ވަނީ 23 އަހަރުގެ ފިރިހެނަކާއި، 35 އަހަރުގެ ފިރިހެނަކާއި، 36 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އަދި އަނިޔާވެފައިވާ ތިން މީހުންނަށްވެސް މިވަގުތު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. 

މި ހާދިސާ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި، މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

ރޭ މާލޭގައި ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމް ކޮށްލާފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ މާފަންނުގައި ހުންނަ އައިޓަމްސް ފިހާރަ ހުންނަ ހަނި ގޯޅިގަނޑު ތެރޭގަ އެވެ.  

އެ ސަރަހައްދުގައި ހުރި މީހަކު ސީއެންއެމްއަށް މައުލޫމާތު ދެމުން ބުނީ، ސައިކަލުގައި އައި ބަޔަކު އެ ސަރަހައްދުގައި ހުރި މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލުމަށް ފަހު އެތަން ގޮސްފައި ވާކަމަށެވެ.  

އައިޓަމްސް ފިހާރަ ކައިރީގައި ހިނގި މާރާމާރީ އާއި ގުޅިގެންވެސް މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައެއް ނުވެ އެވެ. ޒަހަމް ވި މީހާ އަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

38%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
46%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް