ads
ކަހާނި ގަރް ގަރް ކީ
"ކަހާނީ ގަރުގަރު ކީ" އަނެއްކާވެސް ސްޓާ ޕްލަސް އިން ދައްކަނީ
ދިވެހި އަންހެނުންގެ މަގުބޫލުކަން ހޯދާފައިވާ "ކަހާނީ ގަރުގަރު ކީ" އަނެއްކާވެސް ސްޓާ ޕްލަސް އިން ދައްކަން ނިންމައިފި އެވެ.

ސްޓާ ޕްލަސް އިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ކަހާނީ ގަރުގަރު ކީ ޓީވީ ސީރީޒް ދައްކަން ހަމަޖެހިފައިވާ ކަމަށެވެ. 

2000 ވަނަ އަހަރުގެ ތެރޭގައި ދައްކަން ފެށި މި ޑްރާމާ ސީރީޒް އަށް ވަނީ އިންޑިޔާގެ ފިލްމީ ދާއިރާގައި ވެސް ވަރަށް ބޮޑަށް މަޝްހޫރުވެ އަދި ވަރަށް ގިނަ ދިވެހިންގެ މަގުބޫލުކަން ވެސް ހޯދާފަ އެވެ. 

your image"ކަހާނީ ގަރްގަރް ކީ" ޑްރާމާ ޕޯސްޓަރެއް..

މި ޑްރާމާ ސީރީޒް އެންމެ ފަހުން ސްޓާޕަލަސް އިން ދެއްކުން ހުއްޓާލާފައި ވަނީ 2008 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުގަ އެވެ. އެއީ ޑްރާމާ ދައްކަމުން އައިސް ޑްރާމާ ސިލްސިލާގެ ހުރިހައި އެޕިސޯޑްތަކެއްވެސް ނިމުމުންނެވެ. 

އެކްތާ ކަޕޫރުގެ އެންމެ މަގުބޫލު ޑުރާމާ ތަކުގެ ތެރެއިން ''ކަހާނީ ގަރްގަރް ކީ'' އަކީ ނަމޫނާ ދަނބިދަރިއެއްގެ ރޯލު ދައްކުވައިދޭ ޑުރާމާއެކެވެ. ސާކްޝީ ތަންވާރް ''ޕާރްވަތީ'' ގެ ރޯލުން ފެނިގެންދާ މި ޑުރާމާގެ އަލުން ދެއްކުމަށް ހަމަޖެހިފައި ވަނީ ކުރިންވެސް ދައްކާފައިވާ އެޕިސޯޑް ތަކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް