ads
ވިޒިޓް މޯލްޑިވްސް ޕްރޯ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ވިޒިޓް މޯލްޑިވްސް ޕްރޯ ރަސްމީކޮށް ފަށައިފި
އިންޓަނޭޝަނަލް ބޮޑިބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ބޯޑީބޯޑިން ވޯލްޑް ޓުއާގެ އެއް ލެގު ކަމަށްވާ، ވިޒިޓް މޯލްޑިވްސް ޕްރޯގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު މިއަދު ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ

އައިބީސީގެ ބޯޑީބޯޑިން ވޯލްޑް ޓުއާގެ އެއް މުބާރާތް ކަމަށްވާ "ވިޒިޓް މޯލްޑިވްސް ޕްރޯ 2022" އޮންނާނީ މާލޭ ރާޅުގަނޑު ސަހަރައްދުގައި މިއަދުން ފެށިގެން އޮގަސްޓް މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ. މިއަދު ހަވީރު، މި އިވެންޓް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ. 

ރައީސްވަނީ މުބާރާތް ރަސްމީކޮށް ހުޅުއްވައިދެއްވައި މިއަދު އޮތް އެގްޒިބިޝަން ބައެއް އިވެންޓްތައް ބައްލަވާލައްވާފައެވެ. ދުނިޔޭގެ ޗެމްޕިއަން ބޮޑީބޯޑަރުން ވާދަކުރާ މި މުބާރާތުގައި އެކި ގައުމުތަކުން ސަތޭކަ ފަންސާހެއްހާ އެތްލީޓުން ވާދަކުރާނެ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. 

މި މުބާރާތުގައި ބައިވެރިވުމަށް ބޮޑީ ބޯޑިންގެ ދުނިޔޭގެ އަންހެން އަދި ފިރިހެން ޗެމްޕިއަނުން މިހާރުވަނީ ރާއްޖެ އައިސްފައެވެ. މި މުބާރާތުގައި ދިވެހި އެތްލީޓުންވެސް ވާދަކުރާނެއެވެ. ހަތަރު ކެޓަގަރީއަކުން ބައިވެރިވާ ވާދަކުރާ މި އިވެންޓަކީ ވޯލްޑް ޓުއާގެ ލެގެއް އޭޝިއާ ސަރަހައްދުގައި ބާއްވާ ފުރަތަމަ ފަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް