ads
ގިޔާސުއްދީން ސްކޫލުގައި ބޭއްވި ޖަލްސާ އެއްގައި ރައީސް ވާހަކަ ދައްކަވަނީ
ރައީސް ސޯލިހު އަކީ އެފަދަ މުޑުދާރު އަމަލު ހިންގަވާނެ ބޭފުޅެއް ނޫން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަކީ ރައީސް މުހައްމަދު ނަޝީދު އެ ވިދާޅުވާ ފަދަ މުޑުދާރު އަމަލު ހިންގަވާނެ ބޭފުޅެއް ނޫން ކަމަށް ސަރުކާރުން ބުނެފި އެވެ.
Advertisement

ސަރުކާރުން މިހެން ބުނީ، ރައީސް ނަޝީދު ވަނީ ރައީސް ސޯލިހު އަންހެން ކުއްޖަކާއި އެކު ޒިނޭ ކުރާ ފޮޓޯތަކެއް އެމަނިކުފާނަށް ލިބިފައިވާ ކަމަށް އެމްޑިޕީގެ ވަޓްސްއެޕް ގްރޫޕެއްގައޮ ވިދާޅުވެފައިވާތީއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަށް ފޮނުވި މެސެޖެއްގަ އެވެ. 

ރައީސް ނަޝީދު ފޮނުވި މެސެޖުގައި، ރައީސް ސޯލިހްގެ ބަދުއަހްލާގީ އަމަލު ހިންގާ ފޮޓޯތައް ފުލުހުން ފޮރުވީތޯ ވިދާޅުވެ ވަނީ ސުވާލު ކުރައްވާފަ އެވެ. އަދި އެފޮޓޯތައް ފުލުހުންނަށް ފޮނުވަން ވީތޯ ވެސް ރައީސް ނަޝީދު ވަނީ ސުވާލު ކުރައްވާފަ އެވެ. މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް މީހަކު ރައީސް ސޯލިހު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ފޮޓޯތަކެއް ފޮނުވާފައިވާ ކަމަށާއި، އެ ފޮޓޯ ތަކުން ފެންނަ އަންހެން ކުއްޖާ އަކީ، އާއިލާގެ ރަހުމަތްތެރިއެއްގެ ދަރިއަކާއި ވައްތަރު ކަމަށެވެ. 

މި ތުހުމަތު ތަކާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް, "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރައީސް ސޯލިހު އަކީ އެފަދަ އަމަލުތައް ހިންގަވާނެ ބޭފުޅެއް ނުން ކަމަށާއި، ރައީސް ނަޝީދު އެ ވިދާޅުވާ ފަދަ އެއްވެސް ކަމެއް ނުކުރައްވާ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ސޯލިހު ދެއްވާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން މަބްރޫކް ވިދާޅުވީ އެފަދަ ފޮޓޯތަކެއް ހުރި ކަމަށް ބުނެ ދައްކަމުން ދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

ރައީސް ނަޝީދު މިފަދައިން ރައީސް ސޯލިހުގެ މައްޗަށް ތުހުމަތު ތަކެއް ކުރައްވާފައި މިވަނީ، ރައީސް ނަޝީދު ގެ ކޮއްކޯފުޅު، ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނިކޮށެވެ. 

ނާޒިމް ހައްޔަރު ކުރުމާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ ކޯލިޝަންގައި ތިބި ބަޔަކު ހިތްހަމަ ޖެއްސުމަށް ޓަކައި އެކި ފަހަރު މަތިން ތުހުމަތު ކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެމަނިކުފާނުގެ ކޮށްކޮ ހައްޔަރުކޮށްފައި ވާކަމަށެވެ. އެއް ޖިއްސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނާޒިމް، ހަތް ދުވަހު ބަންދުގައި ބެހެއްޓުމަށް އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުންވަނީ އަމުރުކޮށްފައެވެ. 

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް