ads
ރައީސް ނަޝީދު އަދި ޖާބިރު
ރައީސް ނަޝީދު ވަގުތުން ވަގުތަށް އިސްތިއުފާ ދޭންޖެހޭނެ: ޖާބިރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ގުޅުވައިގެން ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅާއި ގުޅިގެން ވަގުތުން ވަގުތަށް ރައީސް ނަޝީދު އިސްތިއުފާ ދޭންޖެހޭނެ ކަމަށް، ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް ނަޝީދު ވަނީ ރައީސް ސޯލިހު އަންހެން ކުއްޖަކާއި އެކު ޒިނޭ ކުރާ ފޮޓޯތަކެއް އެމަނިކުފާނަށް ލިބިފައިވާ ކަމަށް އެމްޑިޕީގެ ވަޓްސްއެޕް ގުރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވެފަ އެވެ.  

މި ތުހުމަތު ތަކާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް, "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރައީސް ސޯލިހު އަކީ އެފަދަ އަމަލުތައް ހިންގަވާނެ ބޭފުޅެއް ނުން ކަމަށާއި، ރައީސް ނަޝީދު އެ ވިދާޅުވާ ފަދަ އެއްވެސް ކަމެއް ނުކުރައްވާ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ސޯލިހު ދެއްވާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން މަބްރޫކް ވިދާޅުވީ އެފަދަ ފޮޓޯތަކެއް ހުރި ކަމަށް ބުނެ ދައްކަމުން ދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

މިކަމާއި ގުޅިގެން ޑީއާރުޕީން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޑީއާރުޕީގެ ލީޑަރާއި އެ ޕާޓީގެ މެމްބަރުން ތިބީ ރައީސް ސޯލިހު އާއި ގުޅުވައިގެން ރައީސް ނަޝީދު ދެއްކެވި އަސާސެއް ނެތް ވާހަކަތަކާއި ގުޅިގެން ސިހުމެއްގެ ތެރޭގައި ކަމަށެވެ. 

އަދި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު ކަމާއި ގުޅުންހުރި މުއައްސަސާތަކުން ބަލާ، ރައީސް ސޯލިހުގެ ބޮލުގައި އެޅުވި ތުހުމަތުތައް ސާބިތު ނުވެއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ވަގުތުން ރައީސް ނަޝީދު އިސްތިއުފާ ދެއްވަންޖެހޭ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ރައީސް ނަޝީދު މިފަދައިން ރައީސް ސޯލިހުގެ މައްޗަށް ތުހުމަތު ތަކެއް ކުރައްވާފައި މިވަނީ، ރައީސް ނަޝީދު ގެ ކޮއްކޯފުޅު، ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނިކޮށެވެ. 

ނާޒިމް ހައްޔަރު ކުރުމާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ ކޯލިޝަންގައި ތިބި ބަޔަކު ހިތްހަމަ ޖެއްސުމަށް ޓަކައި އެކި ފަހަރު މަތިން ތުހުމަތު ކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެމަނިކުފާނުގެ ކޮށްކޮ ހައްޔަރުކޮށްފައި ވާކަމަށެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް