ads
އެންޓިބޮޑީ ޓެސްޓް ހަދަނީ--
މަންކީ ޕޮކްސް އަށް ޝައްކު ކުރެވުނު މީހާ ނެގެޓިވް
ރާއްޖެއިން މަންކީ ޕޮކްސް އަށް ޝައްކު ކުރެވޭ މީހަކު ފެނިގެން އެމީހާ އެކަހެރިކޮށް ޓެސްޓުތައް ހެދުމުން އެބައްޔަށް ނެގެޓިވް ވެއްޖެ އެވެ.

މަންކީ ޕޮކްސް ފެނިގެން ޓްރީޓޮޕް ހޮސްޕިޓަލުން ޓެސްޓުކޮށްފައި ވަނީ ބިދޭށީ މީހެކެވެ. ހޮސްޕިޓަކުން ވަނީ އެމީހާގެ ހަށިގަނޑުން މަންކީ ޕޮކްސް ކަމަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން އެމީހާ އެކަހެރިކޮށް ޓެސްޓްތަކެއް ހަދާފަ އެވެ. 

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ކުރިން ވިދާޅުވީ މަންކީ ޕޮކޮސް ކަމަށް ޝައްކުކުރެވޭ މީހަކު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި، އެކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. 

އޮފިޝަލް ވިދާޅުވީ އަދި ރާއްޖެއިން މިހާތަނަށް މަންކީ ޕޮކްސް ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށެވެ. ނަމަވެސް އެ ބަލިން ރައްކާތެރި ވުމަށް އެޅިދާނެ ފިޔަވަޅުތަކަށް ތައްޔާރުވެ ތިބުމަށް އެންމެންވެސް މަސައްކަތް ކުރަން އެދޭ ކަމަށެވެ. 

މީގެ ދެމަހެއްހާ ދުވަސް ކުރިންވެސް މަންކީ ޕޮކްސް ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހަކު ކ.ގުރައިދޫން ވެސް ވަނީ ފެނިފަ އެވެ. 

މިކަމާއި ގުޅިގެން ހެލްތު މިނިސްޓްރީން މައުލޫމާތު ދިން އޮފިޝަލަކު އޭރު "ސީއެންއެމް" އަށް ވިދާޅުވީ، އެރަށުގެ ސިއްހީ މަރުކަޒަށް ދެއްކި މީހެއްގެ ގައިން މަންކީ ޕޮކްސްއަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރިކަމަށް ބުނެ އެޗްޕީއޭއަށް އެންގި ކަމަށާއި، އެހެން ނަމަވެސް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެއީ، މަންކީ ޕޮކްސް ނޫން ކަމަށް ކަނޑައަޅާފައި ވާކަމަށެވެ.  

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ މަންކީ ޕޮކްސް ރާއްޖެއަށް ފެތުރިދާނެ ކަމުގެ އިންޒާރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ދީފަ އެވެ. 

އެޗްޕީއޭއިން ރާއްޖެއަށް މި ބަލި ފެތުރިދާނެ ކަމުގެ އިންޒާރު ދީފައި ވާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ، މި ބަލީގެ ސަބަބުން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިމަހުގެ 24 ވަނަ ދުވަހު އިއުލާން ކޮށްފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް