ads
އިއްޒުއްދީން ފާލަން
ތާރީޚުގެ ސޮފްހާތަކުން 1 އޮގަސްޓް
ތާރީޚުގެ ތެރެއިން މިއަދު، މި ސަފްހާއަކީ، ތާރީޚުގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ކަންކަން އަލުން ހަނދާން އާކޮށްލުމަށް، ސީއެންއެމުން މިއަދު އަލަށް ފަށަން ގަސްތު ކުރާ ސެގްމެންޓެކެވެ. މި ސެގްމެންޓުގައި ގެނެސްދޭނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކި އެކި ތާރީޚީ ކަންކަމުގެ ކުރު ޚުލާސާއެކެވެ. އެންމެ ފުރަތަމަ ދުވަހު މި ބަލައިލަނީ، އޮގަސްޓް މަހުގެ އެއްވަނަ ދުވަހުގެ ބައެއް ޚަބަރުތަކުގެ ކުރު ޚުލާސާއަކަށެވެ.

1 އޮގަސްޓް  1979

ސަރުކާރު މުވައްޒަފުންގެ ތެރެއިން މަހަކު ތިން ސަތޭކަ ރުފިޔާއަށްވުރެ މަދުން މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ ބޮޑު ކުރިއެވެ. މުސާރަ ބޮޑު ކުރުމުގައި ސަރުކާރުން އާއްމު އުސޫލަކުން ބަލާފައިވަނީ ދިހަ އިންސައްތައާއި ފަނަރަ އިން ސައްތައާ ދެމެދުގެ އަދަދެއް މުސާރައިން ބޮޑު ކުރުމަށެވެ. 

1 އޮގަސްޓް 1980

ދިވެހިރާއްޖެއާ ނޭޕާލާ ދެމެދު ޑިޕްލޮމޮޓިކް ގުޅުން ގާއިމް ކުރެވުނީ 1980 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުއެވެ. 

23 ވަނަ ޓޭބަލް  ޓެނިސް މުބާރާތް ފެށުނީވެސް 1 އޮގަސްޓް 1980 ގައެވެ. އެ މުބާރާތުގައި ވާދަކުރި ޓީމުތަކުގެ ތެރޭގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު، ވިކްޓްރީ ސްޕޯޓްސް ކްލަބު، ކްލަބު ވެލެންސިޔާ، ޔުނައިޓެޑް ވިކްޓަރީ، އަދި މާލޭ ރާނީ ކްލަބު ހިމެނެއެވެ.

1 އޮގަސްޓް 2000

ކޮން އެއަރލައިނެއްކަން އަންގައިދޭ ބައިނަލް އަގްވާމީ އަކުރު، ރާއްޖޭގެ ގައުމީ އެއަރލައިން އައިލެންޑް އޭވިއޭޝަނަށް ލިބުނީ 2000 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުއެވެ. އައިލެންޑް އޭވިއޭޝަނަށް ލިބިފައިވާ ބައިނަލް އަގްވާމީ އަކުރަކީ، Q2 އެވެ. 

1 އޮގަސްޓް 2005

ސައުދީ ރަސްގެފާނު ފަހްދުބިން ޢަބްދުލް ޢަޒީޒް އަވަހާރަވީ 2005 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުއެވެ. ރަސްގެފާނު ފަހްދުބިން ޢަބްދުލް ޢަޒީޒް އަވަހާރަވުމާ ގުޅިގެން، ސައުދީ ތަޚުތަށް އަބްދުﷲބިން ޢަބްދުލް އަޒީޒުވަނީ އެ ދުވަހު އިސްކުރައްވާފައެވެ. 

ރާއްޖޭގެ ދެވަނަ މުވާސަލާތީ ކުންފުނި ވަތަނިއްޔާއިން ޚިދުމަތް ދޭން ފެށީވެސް އޮގަސްޓް މަހުގެ އެއްވަނަ ދުވަހުއެވެ. ފަހުން އުރީދޫއަށް ނަން ބަދަލުކޮށްފައިވާ ކުންފުނިން އެންމެ ފުރަތަމަ ޚިދުމަތް ފެށީ ވަތަނިއްޔާގެ ނަމުގައެވެ. ރާއްޖޭގައި ވަތަނިއްޔާގެ ޚިދުމަތް ފެށީ ދެހާސް ފަސްވަނަ އަހަރުގެ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުއެވެ. 

1 އޮގަސްޓް 2010

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރަކު ފޯނުން ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއްގެ އޯޑިއޯ ލީކުވުމާއި ގުޅިގެން ފުލުހުން، ނޫސްވެރިންނާ ސުވާލުކޮށްފައިވަނީ ދެހާސް ދިހަވަނަ އަހަރުގެ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުއެވެ. ބައެއް ނޫސްވެރިންނާ ފުލުހުން ސުވާލުކޮށްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އަމުރަށް ކަމަށް އޭރު މައުލޫމާތު ލިބިފައިވެއެވެ. 

1 އޮގަސްޓް 2015

ބޭނުންވި ފެންވަރުގައި މިނިވަން 50 ފާހަގަ ކުރެވިއްޖެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، 1 އޮގަސްޓް 2015 ގައެވެ. މިނިވަން 50 ގެ ހަރަކާތްތަކާއި ދާދި އެކުއެކުހެން އިމާރަތް ކުރި އިއްޒުއްދީން ފާލަން ނުވަތަ ރަސްމީ ފާލަން ހުޅުވީވެސް ދެހާސް ފަނަރަވަނަ އަހަރުގެ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް