ads
އިންގްލަންޑްގެ އަންހެން ޓީމު ޔޫރޯ ޓްރޮފީއާއެކު
އިޓްސް ކަމިންގ ހޯމް އެންމެ ފަހުން ހަގީގަތަކަށް
ޖަރމަނީ ބަލިކޮށް އިންގްލޭންޑުން އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ކުޅުނު ޔޫރޯ އަންހެނުންގެ މުބާރާތުގެ ފައިނަލް މެޗު އިންގްލަންޑުން ކާމިޔާބު ކުރީ ޖަރުމަނާ ކުޅޭ ދެ ލަނޑު އެއް ލަނޑުންނެވެ. އިންގްލެންޑް މޮޅުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައިވާތީ، ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ތެރޭގައެވެ.

މިއީ އަންހެނުންގެ ފުޓްބޯޅައިގައި އިންގްލަންޑަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. އިނގިރޭސިން ބުނާ ގޮތުގައި ފުޓްބޯޅައަކީ އެ މީހުންގެ ގައުމުން އުފަންވި ކުޅިވަރަކެވެ. އެހެންކަމުން ކޮންމެ މުބާރާތެއްގައިހެން އިނގިރޭސިން އަންނަނީ "އިޓްސް ކަމިންގ ހޯމް" ނުވަތަ ފުޓްބޯޅަ އެނބުރި ގެއަށް އަންނަނީ ކަމަށް ބުނެ އެ ގޮތަށް ވާހަކަ ދައްކަމުންނެވެ. އެހެންކަމުން ބައެއް އިނގިރޭސިން ދެކޭ ގޮތުގައި އެންމެ ފަހުން "އިޓްސް ކަމިން ހޯމް" ހަގީގަތަކަށްވީއެވެ.

އަންހެނުންގެ ޔޫރޯގެ ފައިނަލް މެޗު ކުޅުނީ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައެވެ. މި މެޗު ބެލުމެއް އަށްޑިހަ ހަތްހާސް މީހުން ދަނޑަށްވަނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް