އެސްޓީއޯއިން ބުނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔައްދާ މި ޕްރޮމޯޝަން އެސްޓީއޯ ޕީޕަލް ޗޮއިސް ގެ އިތުރުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައިވެސް ކުރިޔައްދާނެ ކަމަށެވެ.
އެސްޓީއޯއިން އިތުރަށް ބުނީ، ކިޔަވާކުދިން އަދި އާންމުންގެ ތެރޭގައި މަގުބޫލު ޑެވޮންޑޭލް ކިރުގެ އިތުރުން މި ޕްރޮމޯޝަންގެ ތެރޭގައި އެސްޓީއޯއިން އިމްޕޯޓްކޮށް ވިއްކާ ހެޕީ ކައު ޗީޒް އަދި އައި ވީ ކިރު ބައްލަވައިގަނެގެން ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް ޑެވޮންޑޭލް، ހެޕީ ކައު ޗީޒް، އަދި އައި ވީ ކިރު ބައްލަވައި ގަންނަފަރާތް ތަކަށް ކޮންމެ ވިޔަފާރިއަކަށް ކޫޕްންއެއް ލިބޭނެ ކަމަށެވެ.
ރީޓެއިލްގެ ނަސީބުވެރިންނަށް ލިބޭ އިނާމު:
ހޯލްސޭލް ނަސީބުވެރިންނަށް ލިބޭ އިނާމު:
މީގެ އިތުރުން އެސްޓީއޯއިން ބުނީ، ރީޓެއިލް ކަސްޓަމަރުންގެ ތެރެއިން ޑެވޮންޑޭލް 1ލީޓަރު ކިރު ޕެކެޓް އަދި ބައްލަވައި ގަންނަވާ ކޮންމެ ހިކި ކިރު ޕެކެޓަކަށް ޑެވޮންޑޭލް ލޯގޯ ޖެހި ލިމިޓެޑް އެޑިޝަން ކަޕް އެއް ލިބޭނެ ކަމަށެވެ.