ads
ފޮޓޯ: ބީބީސީ ނިއުސް
އެމެރިކާގެ މަޖިލީހުގެ ރައީސް ތައިވާނަށް ގޮސްފިނަމަ ޓައިވާނަށް ހަމަލާދޭނަން: ޗައިނާ
އެމެރިކާގެ މަޖިލީހުގެ ރައީސް ނެންސީ ޕެލޯސީ ތައިވާނަށް ގޮސްފިނަމަ ޓައިވާން އަށް ބާރުގަދަ ހަމަލާތަކެއް ދޭން ތައްޔާރަށް އޮތް ކަމަށް ޗައިނާއިން ބުނެފި އެވެ.
Advertisement

އޭޝިއާގެ ބައެއް ގައުމުތަކަށް ނެންސީ ޕެލޯސީ ކުރައްވާ ދަތުރުފުގެ ތެރެއިން ތައިވާނަށް ކުރައްވާ މި ދަތުރާއި ގުޅިގެން މަސްރަހު ހޫނުވެފައި ވާއިރު، ނެންސީ ޕެލޯސީ ޓައިވާނަށް ކުރައްވާ ދަތުރާއި މެދު އެމެރިކާގެ ސަރުކާރުންވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. 

މެލޭޝިއާގައި މަޑުކުރެއްވުމަށްފަހު ނެންސީ ޕެލޯސީ މިހާރު ގެންދަވަނީ ތައިވާނަށް ދިއުމަށް ދަތުރު ކުރައްވަމުންނެވެ. މި ކަމާއި ގުޅިގެން ޗައިނާ އިން ވަނީ އެފަދަ ގޯހެއް ހަދާފިނަމަ ޗައިނާއިން ތައިވާނަށް ހަމަލާތައް ދޭން ފަށާނެ ކަމަށް މީގެ ކުރިންވެސް ބުނެފަ އެވެ. 

ޗައިނާއިން ދެމުން ދިޔަ އިންޒާރުތަކަށް ބެލުމެއް ނެތި، ނެންސީ ޕެލޯސީ ތައިވާނަށް ދިއުމަށް ދަތުރުފުޅު ފައްޓަވާފައި ވާއިރު، ޗައިނާ އިން ވަނީ، އެގައުމުގެ އަސްކަރީ މަތިންދާބޯޓު ތައް ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ. މީގެ އިތުރުން ޗައިނާ އިން ވަނީ އެގައުމުގެ އަސްކަރިއްޔާވެސް ކުއްލި ހާލަތަށް ގެނެސްފަ އެވެ. 

your imageޗައިނާގެ އަސްކަރީ މަތިންދާބޯޓުތައް

ޗައިނާއިން އެގައުމުގެ އަސްކަރިއްޔާ ކުއްލި ހާލަތަށް ގެނެސް، ހަމަލާ ދޭނެ ކަމުގެ އިންޒާރު ދިނުމާއި، ގުޅިގެން އެމެރިކާއިން ވަނީ، އެގައުމުގެ އެއާކްރާފްޓް ކެރިއާތައް އެ ސަރަހައްދަށް ދިއުމަށް ދަތުރު ފަށާފައި ވާކަމަށް ބުނެފަ އެވެ. 

your imageއެމެރިކާގެ އެއާކްރާފްޓް ކެރިއަރެއް

މިކަމާއި ގުޅިގެން އެމެރިކާގެ އޮފިޝަލުންނާއި ހަވާލާދީ އިންޑިޕެންޑެންޓް ނޫހުގައި ބުނެފައިވަނީ، ޗައިނާއިން އިންޒާރު ދިން ނަމަވެސް ނެންސީ ޕެލޯސީ އާއި، އެކަމަނާގެ އަރިހުގައި ދަތުރު ކުރައްވާ ފަސް ބޭފުޅުން މިރޭ މަޑުކުރައްވާނީ ތައިވާންގެ ވެރިރަށުގައި ކަމަށެވެ. 

ޗައިނާއިން ދެކޭ ގޮތުގައި ތައިވާން އަކީ އެގައުމުގެ ބިމެކެވެ. އަދި ތައިވާނުން މިނިވަން ކަން އިއުލާން ކޮށްފިނަމަ، ޗައިނާއިން ތައިވާން ހިފާނެ ކަމަށް މީގެ ކުރިން އެތައް ފަހަރަކު ޗައިނާއިން ވަނީ ބުނެފަ އެވެ. 

އެހެން ނަމަވެސް ޓައިވާނުން ވަނީ އެގައުމަކީ މިނިވަން ގައުމެއް ކަމަށާއި، އެގައުމު އެއްވެސް ބައެއްގެ އަޅުވެތި ކަމަށް ނުދާނެ ކަމަށް ބުނެފަ އެވެ. ތައިވާނުން އެގައުމުގެ މިނިވަން ކަމުގެ ދިފާއުގައި ދައްކަމުން ގެންދާ ވާހަކަތަކަށް އެމެރިކާއިން އަންނަނީ އެއްބާރުލުން ދެމުންނެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް