ads
ލަންކާ ފުލުހުން މަގުމަތީ ހަރަކާތްތެރިވަނީ
ބަޑިން ހަމަލާދީ ލަންކާގެ މަޖިލީސް މެމްބަރަކު މަރާލައިފި
ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ، ސުމުދޫ ރުކްޝާންގެ ގަޔަށް ބަޑިޖަހާ މިއަދުގެ ވަގުތެއްގައި އޭނާ މަރާލައިފި އެވެ.

ލަންކާގެ ނޫހެއް ކަމަށްވާ "ނިއުސް ވަޔާ" ގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި، ބަޑިޖަހާ މަރާލާފައި ވަނީ، އެގައުމުގެ މުލެރިޔަވާ ޕްރަދޭޝިޔާ ސަބާ ޕާޓީގެ މަޖިލީހުގެ މެމްބަރެއްކަމަށްވާ ސުމުދޫ ރުކްޝާން އެވެ. އޭނާ ގަޔަށް ބަޑި ޖަހާ މަރާލީ މިއަދުގެ ވަގުތެއްގައި ލަންކާގެ މުލެރިޔަވާގައި ބަޔަކު ދިން ބަޑީގެ ހަމަލާތަކެއްގައި ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

ޕްރަދޭޝިޔާ ސަބާ ގަޔަށް ބަޑިޖަހާ މަރާލާފައި ވާކަން ލަންކާގެ ފުލުހުން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ. 

އޭނާ ގަޔަށް ބަޑި ޖަހާ މަރާލާފައި ވާއިރު، ލަންކާގެ އެކި ހިސާބުތަކުގައި މީހުންގެ ގަޔަށް ބަޑި ޖަހާ މަރަމުން ގެންދާ ކަމުގެ ރިޕޯޓްތައް ވަނީ ލިބިފަ އެވެ. 

ލަންކާގެ ފުލުހުންނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ބުނެފައިވަނީ، އަދި މިހާތަނަށް ބަޑިން ހަމަލާދީ، ޕްރަދޭޝިޔާ ސަބާ މަރާލި މީހާ ހޯދިފައި ނުވާ ކަމަށާއި، އެހެން ނަމަވެސް އެމީހާ ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށެވެ. އަދި ފަހަކަށް އައިސް ލަންކާގެ އެކި ހިސާބުތަކުގައި ދެމުން އަންނަ ބަޑީގެ ހަމަލާތަކާއި ގުޅިގެން ހައްޔަރު ކުރަންޖެހޭ މީހުން ހައްޔަރު ކުރަމުން އަންނަ ކަމަށްވެސް ފުލުހުންނާއި ހަވާލާދީ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް