ads
އެމެރިކާގެ މަޖިލީހުގެ ރައީސް ނެންސީ ޕެލޯސީ ތައިވާންގައި
ޗައިނާގެ އިންޒާރަށް ބެލުމެއް ނެތި އެމެރިކާގެ މަޖިލީހުގެ ރައީސް ތައިވާނަށް
އެމެރިކާގެ މަޖިލީހުގެ ރައީސް ނެންސީ ޕެލޯސީ ތައިވާން އަށް އެތެރެވެއްޖެނަމަ ތައިވާން އަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށްބުނެ ޗައިނާއިން ދެމުން ދިޔަ އިންޒާރުތަކަށް ގޮންޖަހާ އެމެރިކާގެ މަޖިލީހުގެ ރައީސް ނެންސީ ތައިވާންއަށް ވަޑައިގެންފި އެވެ.
Advertisement

އެކަމަނާ ތައިވާން އަށް ވަޑައިގެންނެވީ ރާއްޖެގަޑިން މިރޭ 19:50 ގައި ކަމަށް ބީބީސީއިން ވަނީ ރިޕޯޓް ކޮށްފަ އެވެ. އެކަމަނާ ތައިވާން އަށް ވަޑައިގަތުމުން އެކަމަނާގެ އިސްތުގުބާލުގައި މަދު ބަޔަކު ތިބިތަން ވަނީ ފެނިގެން ގޮސްފަ އެވެ. 

އެމެރިކާގެ މަޖިލީހުގެ ރައީސް ނެންސީ ތައިވާން އަށް ޖެއްސިއިރު، އެކަމަނާގެ ރައްކާތެރިކަމަށް ޓަކައި ގިނަ އަދަދެއްގެ އޮފިސަރުން އެއާޕޯޓްގައި ތިއްބެވެ. 

ނެންސީ ތައިވާން އަށް ވަޑައިގެންނެވި އިރު، ޗައިނާގެ އަސްކަރިޔްޔާގެ އެސް-ޔޫ35 މަރުކާގެ ފައިޓާ ޖެޓުތައް ތައިވާން މަތިން މިހާރު އުދުހެމުން އަންނަ ކަމަށާއި، ކޮންމެ ފަދަ ވަގުތެއްގައިވެސް ތައިވާން އަށް ހަމަލާއެއް ދީފާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. 

ޗައިނާއިން އެގައުމުގެ އަސްކަރިއްޔާ ކުއްލި ހާލަތަށް ގެނެސް، ހަމަލާ ދޭނެ ކަމުގެ އިންޒާރު ދިނުމާއި، ގުޅިގެން އެމެރިކާއިން ވަނީ، އެގައުމުގެ އެއާކްރާފްޓް ކެރިއާތައް އެ ސަރަހައްދަށް ދިއުމަށް ދަތުރު ފަށާފައި ވާކަމަށް ބުނެފަ އެވެ.  

މިކަމާއި ގުޅިގެން އެމެރިކާގެ އޮފިޝަލުންނާއި ހަވާލާދީ އިންޑިޕެންޑެންޓް ނޫހުގައި ބުނެފައިވަނީ، ޗައިނާއިން އިންޒާރު ދިން ނަމަވެސް ނެންސީ ޕެލޯސީ އާއި، އެކަމަނާގެ އަރިހުގައި ދަތުރު ކުރައްވާ ފަސް ބޭފުޅުން މިރޭ މަޑުކުރައްވާނީ ތައިވާންގެ ވެރިރަށުގައި ކަމަށެވެ. 

ޗައިނާއިން ދެކޭ ގޮތުގައި ތައިވާން އަކީ އެގައުމުގެ ބިމެކެވެ. އަދި ތައިވާނުން މިނިވަން ކަން އިއުލާން ކޮށްފިނަމަ، ޗައިނާއިން ތައިވާން ހިފާނެ ކަމަށް މީގެ ކުރިން އެތައް ފަހަރަކު ޗައިނާއިން ވަނީ ބުނެފަ އެވެ.

71%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް