ވިޒިޓް މޯލްޑިވްސް ޕްރޯ މުބާރާތުގެ ކުއާޓަ ފައިނަލުން ފުރުސަތު ހޯދުމާއެކު އައްޔަވެފައިވަނީ ވޯލްޑް ޓުއާ މުބާރާތެއްގެ ގަދަ އަށަރަކުން ފުރުސަތު ހޯދި ދިވެހި އެންމެ ފުރަތަމަ އެތްލީޓަށެވެ. އައްޔަގެ މި ކާމިޔާބީއަށް ސީއެންއެމް ސްޕޯޓްސް ޓީމުގެ ފަރާތުން މަރުހަބާ ކިޔަމެވެ. މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި މިހާރު ކުރިއަށްދާ މި މުބާރާތުގެ ފިރިހެން އޯޕަން ބައިގެ ގަދަ އަށަކުން އައްޔަ ފުރުސަތު ހޯދީ، ފްރާންސްގެ ޔަން ސަލައުން ބަލިކޮށްފަ އެވެ.
އައްޔަ އިއްޔެވަނީ ދުނިޔޭގެ ރޭންކިންގެ ދެވަނައިގަ އުޅޭ އެތްލީޓުވެސް ބަލިކޮށްފައެވެ.