ads
މުޒާހަރާގެ ބައިވެރިން ލަންކާގެ ރިޔާސީ ގަނޑުވަރުގެ ތެރޭ
ލަންކާގެ ރިޔާސީ ގަނޑުވަރުން ތައްޓެއް ނެގި މީހަކު ހައްޔަރު ކޮށްފި
ލަންކާގެ ރިޔާސީ ގަނޑުވަރުން "ބިޔަރު" ބުއިމަށް ބޭނުން ކުރާ ތައްޓެއް ވަގަށް ނެގި ތުހުމަތުގައި އެގައުމުގެ ފުލުހުން މީހަކު ހައްޔަރު ކޮށްފި އެވެ.

ލަންކާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، ޖުލައި މަހުގެ ނުވަ ވަނަ ދުވަހު ލަންކާގައި މުޒާހަރާ ކުރަމުން ދިޔަ ފަރާތްތަކުން އެގައުމުގެ ރިޔާސީ ގަނޑުވަރުގެ ތެރެއަށް ވަދެ އެތަނުގައި ހުރި "ބިޔަރު" ބުއިމަށް ބޭނުން ކުރަމުންދިޔަ ތައްޓެއް ވަގަށް ނެގި މައްސަލާގައި އުމުރުން 49 އަހަރުގެ މީހަކު ފުލުހުން ހައްޔަރު ކޮށްފައި ވާކަމަށެވެ. 

އެގައުމުގެ ފުލުހުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، މި މީހާގެ އިތުރުން އޭނާ ގެ ދެ އެކުވެރިއެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށާއި، އެ މީހުން ވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ރިޔާސީ ގަނޑުވަރަށް ވަދެ އެތަނުގައި ހުރި ރާ ފުޅިތަކުން ރާ ބޮއި، ރާ ބޯން ބޭނުން ކުރާ ތައްޓާއި ބިޔަރު ބޯން ބޭނުން ކުރަމުން ދިޔަ ތަށިތަކެއް ވަގަށް ނަގާފައި ކަމަށެވެ. 

އަދި ފަހުން އެމީހުން ވަނީ އެ ތަށިތައް ބޮޑުއަގުގައި ވިއްކުމަށް މަސައްކަތް ކޮށްފައި ކަމަށްވެސް ފުލުހުންނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

"އެމީހުން ހައްޔަރު ކުރަން އެހާ ފަސޭހަވީ، އެމީހުން ސޯޝަލް މީޑިއާއަށް ލާފައި ހުރި ފޮޓޯ ތަކުގެ ސަބަބުން. ބިޔަރު ތަށިތައް ހިފާގެން ހުރެ އެމީހުން ވަނީ ފޮޓޯތަކެއް ހިއްސާ ކޮށްފަ." ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން އެމީހުންގެ މައްޗަށް ހުއްދަނޫން ތަނަކަށް ވަން މައްސަލާގެ އިތުރުން ވައްކަން ކުރި ކަމުގެ ދައުވާ އުފުލާނެ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް