ads
ފޮޓޯ: އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީއިން ނައިފަރުގައި ގާއިމްކުރި ފެނުގެ ނިޒާމުގެ މަސައްކަތް ނިމިއްޖެ
ޅ. ނައިފަރުގައި ތަރައްގީ ކުރަމުން ދިޔަ ފެނުގެ ނިޒާމުގެ މަސައްކަތް ނިމި ޓެސްޓުކޮށްފައި ވާކަމަށް، ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، އެމްޑަބްލިއުއެސްސީ އާއި ހަވާލު ކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތް ނިންމާ ޓެސްޓުކޮށް ކޮމިޝަން ކުރުމުގެ މަސައްކަތް މި ހުސްވި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންގޮސްފައި ވާކަމަށެވެ. 

އަދި ނައިފަރުގައި ގާއިމްކުރި ފެނުގެ ނިޒާމުގެ ދަށުން އެ ރަށުގެ 1510 ގެއަކަށް ފެނުގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން އެރަށުގައި ދުވާލަކަށް 100 ޓަނުގެ ފެން އުފައްދާ ދެ އާރްއޯ ޕްލާންޓް އާއި ފެން ރައްކާ ކުރުމަށް 1300 ކިއުބިކް މީޓަރުގެ ޓޭންކެއްވެސް ގާއިމް ކޮށްފައި ވާކަމަށާއި، އާރްއޯ ޕްލާންޓާއި، ފެން ރައްކާކުރާ ޓޭންކުވެސް ޓެސްޓު ކޮށްފައި ވާކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

އެމްޑަބްލިއުއެސްސީއިން ނައިފަރުގައި ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން އެ ރަށުގެ ނަރުދަމާގެ މަސައްކަތުގެ ތެރެއިން ނުނިމި ހުރި މަސައްކަތްތައް ނިންމާ، ސީ އައުޓްފޯލްގެ ނުނިމި ހުރި މަސައްކަތްތައް ނިންމާ، ޕަމްޕް ސްޓޭޝަނާއި އެސްޓީޕީގެ އިލެކްޓްރޯ މެކޭނިކަމް މަސައްކަތްތައް ކުރާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް