ads
ރިސޯޓެއްގައި މަސައްކަތް ކުރާ އަންހެން މުއައްޒަފުންތަކެއް..
އެމްއައިބީގެ "އުޖާލާ ދިރިއުޅުން" ރިސޯޓްތަކަށް ފުޅާކޮށްފި
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ "އުޖާލާ ދިރިއުޅުން" ސްކީމް ރިސޯޓްތަކުގެ މުައްޒަފުންނަށް ވެސް ހުޅުވާލައިފި އެވެ.

އިސްލާމިކް ފައިނޭންސް އަށް ފެތޭ ގޮތަށް އޮންނަ މި ހިދުމަތުގެ ދަށުން މުދާ ނެގުމަށް މީގެ ކުރިން ފުރުސަތު ހުޅުވާލާފައި ވަނީ ވަޒީފާގައި އުޅޭ މީހުންނަށާއި އެހެން ގޮތްގޮތުން އާމްދަނީ ލިބޭ މީހުންނަށް އެކަނި އެވެ. 

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން އެމްއައބީގެ އޮފިޝަލަކު ވިދާޅުވީ "އުޖާލާ ދިރިއުޅުން" ކްރެޑިޓް ސްކީމް މިހާރު ރިސޯޓުތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށްވެސް ހުޅުވާލާފައިވާ ކަމަށާއި، މި ހިދުމަތް ފުޅާކުރަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. 

އެމްއައިބީން ބުނީ މި ސްކީމުގައި މިވަގުތު 17 ރިސޯޓަކުން ބައިވެރިވެފައިވާ ކަމަށާއި، އިތުރު ރިސޯޓުތަކުން ވެސް މި ހިދުމަތަށް އެދެމުން އަންނަ ކަމަށެވެ. 

your imageރިސޯޓެއްގައި މަސައްކަތް ކުރާ ދެ މުއައްޒަފުންތަކެއް.. 

އުޖާލާ ދިރިއުޅުން ސްކީމުގައި މިވަގުތު ބައިވެރިވެފައިވާ ރިސޯޓް ތަކަކީ

  1. ރަފްލްސް މޯލްޑިވްސް މެރަދޫ
  2. ނިޔާމަ މޯލްޑިވްސް
  3. އަޔާޑާ މޯލްޑިވްސް
  4. ފިހާޅޮހި
  5. ސޮނޭވާފުށި
  6. ޑަބްލިޔު މޯލްޑިވްސް
  7. ސިކްސް ސެންސަސް ލާމު
  8. މޫފުށި
  9. ބަނޑޮސް
  10. އަނަންޓާރާ ރިސޯޓުތަކުގެ ތެރެއިން ތިން ރިސޯޓެއް. (ދިގު، ވެލި، ކިހިވައް ވިލާސް އަދި ނަލަދޫ)
  11. ވިލާ ރިސޯޓުތަކުގެ ތެރެއިން ފަސް ރިސޯޓެއް. (ޕެރެޑައިސް އައިލެންޑް، ސަން އައިލެންޑް، ފަން އައިލެންޑް، ރޯޔަލް އައިލެންޑް އަދި ހޮލިޑޭ އައިލެންޑް) އެވެ.

އިސްލާމިކް ބޭންކުން ތައާރަފް ކުރި "އުޖާލާ ދިރިއޅުން" ސްކީމަކީ އާންމުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކްރެޑިޓް ސްކީމެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް