ads
ޝެއިހް ނިޝާން ކޯޓަށް ހާޒިރުކުރަނީ...
ނިޝާން ބަންދަށް ހައި ކޯޓުން ވެސް ތާއިދުކޮށްފި
ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތްތަކަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ޝެއިހު އާދަމް ނިޝާންގެ ބަންްދު ކުރުމަށް ކްރިނަލް ކޯޓުން ނިންމާފައިވާ ނިންމުމަށް ތާއިދުކޮށް އެ ނިންމުން ހައިކޯޓުން ދަމަހައްޓައިފި އެވެ.
Advertisement

ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތްތަކަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ޝެއިހު ނިޝާން ހައްޔަރު ކުރުމަށް ފަހު މިހާރުވަނީ ހަތަރު ފަހަރަށް ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ.

ނިޝާންގެ ފަރާތުން ކްރިމިނަލް ކޯޓުން އޭނާ ބަންދުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން މިއަދު ވަނީ ކްރިިނަލް ކޯޓުގެ އަމުރަށް ތާއީދުކޮށްފަ އެވެ. އަދި ބަންދުގެ މުއްދަތު ދަމަހައްޓަން އަމުރުކޮށްފަ އެވެ. 

ނިޝާން ހައްޔަރުކުރީ ޖޫން 22 ވަނަ ދުވަހުގަ އެވެ. އެ ފަހުން ބަންދުގެ މުއްދަތު އިތުރު ކުރަމުން ގޮސް އެންމެ ފަހުން މުއްދަތު ޖަހާފައިވަނީ ޖުލައި 19 ގަ އެވެ. އެ ދުވަހު ބަންދަށް 16 ދުވަސް އިތުރުކޮށްފައިވެ އެވެ.

ނިޝާންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ އެ ތުހުމަތުތަކުގައި ބަންދު ކުރުމަށް ބާރުދޭ ހެކިތަކެއް ނެތްކަމަށް ބުނެ އެވެ. އަދި އިންޓެލިޖެންސް ރިޕޯޓަކަށް ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަ ނުވެ ބަންދު ނުކުރެވޭނެ ކަމަށް ބުނެ އެވެ. 

ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ބެލި މި މައްސަލައިގެ ރިޔާސަތު ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. ފަނޑިޔާރު ހުޒައިފާގެ ރައުޔުގައި ފާހަގަކޮށްފައިވަނީ ތުހުމަތު ކުރެވޭ ފަރާތް ބަންދުގައި ބަހަށްޓަން ހެކި ހުރިކަމަށް ކްރިިމިނަލް ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވާ ކަމަށެވެ. ތިން ފަނޑިޔާރުން ވެސް އިއްތިފާގުވީ ބަންދުގެ މުއްދަތު ދެމެހެއްޓުމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް