ads
ތުންފަތް ރީއްޗަށް ބަހައްޓަން ލިޕް ބާމުގެ ބަދަލުގައި މިތަކެތި ބޭނުންކުރުން މާރަނގަޅު!
ތުންފަތް ހިކިގެން ގޮސް ހަލާކުވުމުގެ މައްސަލަ ވަރަށް ގިނަ ބަޔަކަށް ކުރިމަތިވެ އެވެ. ހީލަން މަސައްކަތް ކުރިއަސް ތަދުވެ އެވެ. ނޫންނަމަ ތުންފަތުން ލޭ އައުމުގެ މައްސަލަ ވެސް މިކަމުގެ ސަބަބުން ދިމާވެ އެވެ. މި ކަމަށް ލިޕް ބާމު އުނގުޅައިގެން ވެސް ހައްލެއް ނުލިބިއްޖެނަމަ މި ބުނާ ކަންކަން ކޮށްލައިގެން މިކަމަށް ހައްލެއް ލިބޭތޯ ބަލަން ހިނގާށެވެ.

ތުންފަތް ހިކިގެން ގޮސް ހަލާކުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މާބޮޑު ހަރަދެއް ކުރާނެ ކަމެއް ނެތެވެ. ކޮންމެ ދުވަހަކު ގޭގައި މިގެންގުޅޭ ސާމާނު ބޭނުންކޮށްގެން މިކަމަށް ހައްލެއް ހޯދަން މަސައްކަތް ކުރާނަމަ މިއީ ޖީބަށް ވެސް ބޮޑު ބުރަ އަކަށް ނުވާނެ އެވެ. 

ކާށި ތެޔޮ: މިއީ ހަންގަނޑަށް ވަރަށް ފައިދާ ކުރާ އެއްޗެއް ކަމަށް ހަމުގެ ތަޖުރިބާކާރުން ބުނެ އެވެ. އެގޮތުން ކާށި ތެޔޮލަކީ ހަންގަނޑު އޮމާންކޮށްދީ މަޑުކޮށްދޭ އެއްޗެކެވެ. މިހެންކަމުން ކުރަން ޖެހޭ ކަމަކީ ކޮންމެ ދުވަހަކު ވެސް ދެތިން ފަހަރު ތުންފަތުގައި ކާށިތެޔޮ ކާތަންވީ އެވެ.  

އެލޯވޭރާ: މިއީ ގިނަ އަދަދަކަށް ވިޓަމިންސް އާއި މިނަރަލްސް އެކުލެވޭ އެއްޗެކެވެ. އާންމުކޮށް މޫނާއި ހަންގަނޑަށް ފަރުވާ ކުރުމަށް އެލޯވޭރާ ބޭނުންކުރާއިރު ތުންފަތް ހިކިގެން ގޮސް ހަލާކުވާ ތަންތަން ރަނގަޅު ކުރަން މި ފަތް ބޭނުންކުރަންވީ ގޮތަކީ މި ފަތުގެ ޖެލްތައް ކުޑަކޮށް ނެގުމަށް ފަހު ތުންފަތުގައި ހާކަންވީ އެވެ. ދެން ރަނގަޅަށް ހިކުމުން ތުންފަތް ދޮންނާށެވެ. މިގޮތަށް އާންމުކޮށް އަމަލުކުރަން ފެށުމުން ތުންފަތް ރީތިވާނެ އެވެ. 

މާމުއި: މާމުއިއަކީ ގިނަ އަދަދަކަށް ގުދުރަތީ ވިޓަމިންސް އަދި މިނެރަލްސް ހިމެނޭ އެއްޗެކެވެ. އޭގެ އިތުރުން އެންޓި-ބެކްޓީރިއަލް މާއްދާ، ވެސް މާމުއިގައި ހިމެނެ އެވެ. އޭގެ ސަބަބުން ހަންގަނޑު އުޖާލާވެ މަޑުވެ ހަމުގެ ކުލަ އަލި ކޮށްދެއެވެ. މިހެންކަމުން މިއީ ތުންފަތް ހަލާކުވާ މައްސަލައަށް ވެސް ބޭނުންކުރާ އެއްޗެކެވެ.

މިތަކެތީގެ އިތުރުން ވެސް ބައެއް ފަރާތްތަކުން ތުންފަތް ރީތިކުރުމަށް ހަކުރު އުނގުޅަ އެވެ. އެކަމަކު ހަކުރު ތުންފަތުގައި އުނގުޅާއިރު ހަންގަނޑަށް ގެއްލުމެއް ލިބިދާނެތީ އެންމެ ރަނގަޅުވާނީ ކޮންމެވެސް ކަހަލަ ތެޔޮ ކޮޅެއް ތުންފަތުގައި އުނގުޅުމަށް ފަހު ހަކުރު ތުންފަތުގައި އުނގުޅުމެވެ.

63%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް