ads
ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ---
މަންތާ އާއި ފްލައިމީ އިން ބަލި މީހުންނަށް ދަތުރުކުރެވޭނެގޮތް ހަދަން އަންގައިފި
ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މަންޓާ އެއާ އާއި ފްލައިމީގެ ބޯޓުތަކުން ބަލި މީހުން އުފުލޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ސިވިލް އޭވިއޭޝަނަށް މެމޯއަކުން މި އެއާލައިންތަކުގެ އޮޕަރޭޓްކުރާ ފަރާތްތަކަށް އަންގާފަ އެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މި އެއާލައިންތައް ހިންގާ ފަރާތްތަކަށް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެެރޭގައި މި އިންތިޒާމުތައް ހަމަޖަައްސައި ނުދީފިނަމަ އޮންނަ އުސޫލުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅާނެ ކަމަށްވެސް އަންގާފަ އެވެ. 

ކުޑަހުވަދޫގައި ހާޓްއެޓޭކެއް ޖެހުނު ހާލުބޮޑު ބަލި މީހަކު އެމާޖެންސީކޮށް މާލެ ގެންނަން އުޅުމުން މަންޓާ އެއާ އިން ގެނެސްދީފައި ނުވާކަމަށް ބުނެ އެރަށުގައި ވަނީ މުޒާހަރާކޮށްފައެވެ.

މުޒާހަރާތައް ހޫނުވެ ފުލުހުން އެ މުޒާހަރާ ރޫޅާލުމަށް ދިއުމުން ބައެއް ފަރާތްތަކުން ވަނީ ފުލުހުންނާ ކުރިމަތިލާފަ އެވެ. 

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ސީއެންއެމް" އަށް ވިދާޅުވީ، ކުޑަހުވަދޫގައި ކުރިއަށް ދިޔަ މުޒާހަރާ ތަކުގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި 11 މީހަކު ހައްޔަރު ކޮށްފައި ވާކަމަށެވެ. 

އޭގެ ތެރޭގައި ހިމެނެނީ:

  • އުމުރުން 51 އަހަރުގެ ފިރިހެނެއް
  • އުމުރުން 45 އަހަރުގެ ފިރިހެނެއް
  • އުމުރުން 32 އަހަރުގެ ދެ ފިރިހެނެއް
  • އުމުރުން 31 އަހަރުގެ ދެ ފިރިހެނެއް
  • އުމުރުން 29 އަހަރުގެ ފިރިހެނެއް 
  • އުމުރުން 28 އަހަރުގެ ފިރިހެނެއް
  • އުމުރުން 27 އަހަރުގެ ތިން ފިރިހެނެއް

މީގެ އިތުރުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި 11 މީހުން ވެސް ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އޭގެ ތެރެއިން ހަ މީހުން ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ކަމަށާއި، އަނެއް ފަސް މީހުން ހައްޔަރު ކުރީ މިއަދުގެ ވަގުތެއްގައި ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް