ads
ޗިލީގެ ސަރަހައްދެއްގައި ހެދިފައިވާ ވަޅުގަނޑު
ބިންގަނޑު ކަނޑައިގެން ގޮސް ބޮޑު ވަޅުގަނޑެއް ހެދިއްޖެ
ޗިލީގެ އަޓަކާމާ ސަރަހައްދުގެ ބިންގަނޑު ކަނޑައިގެން ގޮސް ބޮޑު ވަޅުގަނޑެއް ހެދިއްޖެ އެވެ.
Advertisement

މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައި މި ހާދިސާ ހިނގާފައި ވާއިރު، މި ވަޅުގަނޑުގެ ފުން މިނުގައި 200 މީޓަރު ނުވަތަ 650 ފޫޓު އެބަހުރި ކަމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. އަދި ވަޅުގަނޑުގެ ފުޅާ މިނުގައި 25 މީޓަރު ނުވަތަ 82 ފޫޓު އެބަހުރި ކަމަށްވެސް ވަނީ ބުނެފަ އެވެ. 

މި ވަޅުގަނޑު ހެދިފައިވާ ހިސާބަކީ، ސިނާއީ މަސައްކަތް ކުރަމުން ގެންދާ ހިސާބެއް ކަމުން އެ ސަރަހައްދުގެ ބިން ގަނޑު ކަނޑައިގެން ގޮސް ވަޅުގަނޑެއް ހެދުނު އިރު އެސަރަހައްދުގައި ގިނަ ބަޔަކު މަސައްކަތް ކުރަމުން ދިޔަ ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. 

އެހެން ނަމަވެސް އަދިވެސް މި ސަރަހައްދުގެ ބިންގަނޑު ކަނޑައިގެން ގޮސްދާނެ ކަމަށް ލަފާ ކޮށް އެގައުމުގެ އިދާރާތަކުން ވަނީ އެ ސަރަހައްދަށް އާއްމުން ގާތް ނުވުމަށް އަންގާފަ އެވެ. އަދި އެ ސަރަހައްދުގައި މަސައްކަތް ކުރަމުން ދިޔަ ފަރާތްތަކުން އިދާރާތަކުން އަންގަން ދެން މަސައްކަތް މެދުކަނޑާލުމަށްވެސް ވަނީ އަންގާފަ އެވެ. 

މީގެ އިތުރުން ޗިލީގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ، މި ވަޅުގަނޑު ހެދެން މެދުވެރިވީ ސީދާ ކޮން ސަބަބަކާއި ހުރެކަން އަދި ބުނަން ނޭނގޭ ކަމަށް ބުނެފަ އެވެ. ބިންގަނޑު ކަނޑައިގެން ގޮސް މިވަރުގެ ވަޅުގަނޑެއް ހެދޭ އިރު، އޭގެ ފަހަތުގައި ކޮންމެސް ސަބަބެއް ހުންނާނެ ކަމަށް އިދާރާތަކުން ވަނީ ބުނެފަ އެވެ. 

ބައެއް ދިރާސާތަކުން ދައްކާގޮތުގައި މިފަދަ ވަޅުގަނޑުތައް ހެދެނީ، ބިން ހެލުންތަކުގެ ސަބަބުން ބިމު އަޑީގައި ހުންނަ ގާތައް އެއްތަނުން އަނެއް ތަނަށް ޖެހުމުންނެވެ. 

16%
ކަމުގޮސްފި
74%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް