ads
މަޖިލީހުގެ ރައީސް ނަޝީދު
ފޯނު ފޭރިގަތީ ދަރިކަނބަލުންނާއި އެކު އިންވަނިކޮށް، ގާޑުންގެ މައްސަލައެއް ނެތް: ނަޝީދު
ފޯނު ފޭރިގަނެގެން ދިޔައީ، ރެސްޓޯރަންޓު ތެރޭ ދަރިކަނބަލުންނާއި އެކު ވަކިން އިންވަނިކޮށް ކަމަށް، ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ "މިހާރު" ނޫހަށް ރައީސް ނަޝީދު ދެއްވި އިންޓަވިއުއްގައި އެމަނިކުފާނު ވިދާޅުވީ، އެ ސަރަހައްދުގައި ސަލާން ޖަހަން އުޅުނު މީހަކު ރެސްޓޯރަންޓަށް ވަދެ އެމަނިކުފާނު ކައިރިއަށް އެހީއެއް ހޯދުމަށް އައުމުން އޭނަ އަށް ލާރިއެއް ދޭން ވެގެން އުޅެނިކޮށް އެމީހާ ފޯނު ނަގައިގަނެގެން ދުއްވައިގަތީ ކަމަށެވެ. 

އަދި އޭރު އެމަނިކުފާނުގެ ހަށިފާރަވެރިން ތިއްބެވީ ތަންކޮޅެއް ދުރުގައި އިން މޭޒެއްގައި ކަމަށާއި، ވަކިން އެހެން މޭޒެއްގައި ހަށިފާރަވެރިން ތިއްބެވީ، އެމަނިކުފާނުގެ ދަރިކަނބަލުންނާއި ވަކިން ވާހައެއް ދެއްކުމަށް އެދިވަޑައިގަތުމުން ކަމަށެވެ. އަދި އެކަމުގައި ހަށިފާރަވެރިންގެ މައްސަލައެއް ނެތް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. 

ރައީސް ނަޝީދުގެ ފޯނު މީހަކު ފޭރިގަނެގެން ދިޔަ އިރު، އެމަނިކުފާނު ވަނީ މީގެ ކުރިން އެމަނިކުފާނުގެ ފޯނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޒިނޭ ކުރައްވަނިކޮށް ނަގާފައި ހުރި ފޮޓޯތަކެއް ހުރި ކަމަށް ވިދާޅުވެފަ އެވެ. 

އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ، އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރުމުން، ސަރުކާރަށް ފާޑުވިދާޅުވެ އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕެއްގެ ތެރޭގައި ހިނގި ދެބަސްވުންތަކެއްގެ ތެރެއިންނެވެ. 

ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި، އެމަނިކުފާނުގެ ކޮއްކޯފުޅު ހައްޔަރު ކުރީ ސަރުކާރުގެ ކޯލިޝަންގައި ތިބި ވަކި ބަޔަކު ރުއްސުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެކަމާއި ގުޅިގެން ރައީސް ނަޝީދު ގެންދަވަނީ، ރައީސް ސޯލިހު އަށް ވަރަށްބޮޑަށް ފާޑުވިދާޅުވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް